ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަމުގެ ބާރުތައް ބަދަލުކުރުމުގެ މަރުހަލާގައި ކުރަން ނުޖެހޭ ބައެއް ކަންކަން ދަނީ ކުރަމުން: އޭސީސީ

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް.
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމުގެ ބާރުތައް ބަދަލުކުރުމުގެ މަރުހަލާގައި ކޮށްގެން ނުވާނެ ކަންތައްތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސަރުކާރަށް އަންގައިފިއެވެ.

އޭސީސީއިން ރޭ ނެރުން ބަޔާނުގައި ވަނީ ވެރިކަން ހިންގުމަށް އާ ސަރުކާރަކަށް ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި ބައެއް ފަރާތްތަކުން ބައެއް ފަރާތަކުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކުއްލި ކަންތައްތަކެއް ކުރަން ނިންމާފައިވާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެހެންކަމުން އޭސީސީއިން ވަނީ ދައުލަތާއި އިދާރާތަކާއި މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ފަސް ކަމަކަށް އިސްކަން ދިނުމަށް އެދިފައެވެ.

އެގޮތުން:

  1. މުޅިން އާ ޕްރޮޖެކްޓްތައް ނުފެށުން.
  2. ހަރަދުތަކުގައި ކޮރަޕްޝަނަށް މަގުފަހި ވެދާނެ ގޮތަކަށް އަމަލު ނުކުރުމަށާއި ކުރަންޖެހޭ ހަރަދުތައް ފިޔަވައި އަލަށް ކަންކަން ނިންމައިގެން ހަރަދު ނުކުރުން.
  3. ކުރިން ބަޖެޓް ކޮށްފައިނުވާ ނުވަތަ ޕްލޭން ކޮށްފައި ނުވާ އާ އެއްބަސްވުންތަކުގައި ސޮއިނުކުރުން.
  4. ނިންމާ ނިންމުމެއްގެ ސަބަބުން ކޮރަޕްޝަންގެ އަމަލަކަށް މަގުފަހި ވާނެ ގޮތަކަށް ކަމެއް މެދުވެރިވެދާނެ އިހުތިމާލު އޮންނަ ނަމަ އެ ފަދަ ނިންމުންތައް ނުނިންމުން.
  5. ލިޔެކިޔުން ރައްކާތެރިކަމާ އެކު ބެލެހެއްޓުމާ އެކު، ފައިސާ އާއި ވިޔަފާރީގެ މުއާމަލާތްތަކާ ގުޅުން ހުރި އެއްވެސް ލިޔެކިޔުމެއް ނައްތައި ނުލުން.

އެފަދަ އަމަލެއް ހިންގާ ކަމުގެ މައުލޫމާތެއް ލިބިއްޖެނަމަ އެ ކޮމިޝަނަށް ހިއްސާކުރުމަށް އޭސީސީއިން އެދިފައިވާއިރު، އެފަދަ ކަންކަމަށް ފާރަވެރިވެ، ތަހުގީގު ކުރަންޖެހޭ ކަންކަން ދެނެގަނެ ފިޔަވަޅު އަޅަމުންދާކަމަށް އޭސީސީގެ ބަޔާނުގައިވެއެވެ.

ކޮމިޝަނުން އެފަދަ އަމަލުތައް ހުއްޓުވައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަންވެސް ދެއްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: