ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިޒާމީ ވޯޓަށް ޑިމޮކްރެޓްސްއިން ހުށަހެޅި ގަރާރުގައި މައްސަލަތަކެއް އެބަހުރި: އަސްލަމް

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕީޖީ ގްރޫޕް ލީޑަރު މުހައްމަދު އަސްލަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ޑިމޮކްރެޓްސްއިން ހުށަހަޅާފައިވާ ގަރާރު ފާސްކޮށްފައިވަނީ އަވަސް އަރުވާލައިގެން ކަމަށާއި، އެ ގަރާރުގައި ފުރިހަމަ ނުވާ އެތައް ކަމެއް ހުރިކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް މިފަދައިން ވިދާޅުވެފައި ވަނީ އިލެކްޝަންސް ކޮމިޝަނުން ނިޒާމީ ވޯޓާއި ބެހޭ ގޮތުން މަޖިލީހަށް ފޮނުވާފައިވާ ސިޓީއާއި ގުޅޭ މައްސަލައަށް މިއަދު ކުރިއަށްދިޔަ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ގުޅޭގޮތުން ދަ ޑިމޮކްރެޓްސްގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ ގަރާރުގައި ބުނެފައި ވަނީ 30 އޮކްޓޯބަރު 2023ގެ ކުރިން ވެރިކަމުގެ ނިޒާމާއި ގުޅޭ ވޯޓު ނަގަންވާނެ ކަމަށެވެ.

އެ ގަރާރާއި ގުޅޭގޮތުން މުޅި މަޖިލީހުގެ ކޮމިޓީން އެކުލަވާލި ރިޕޯޓް ފާސްކުރީ އެމްޑީޕީ ހިމެނޭހެން 29 މެންބަރުންގެ ވޯޓުންނެވެ.

އެކަމާއި ގުޅޭގޮތުން މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ނިޒާމީ ވޯޓުގެ ގަރާރުގެ މަސައްކަތް ކުރިއަށް ގޮސްފައިވަނީ ވަރަށް ހައްސާސް ދަނޑިވަޅެއްގައި ކަމަށެވެ. އަދި އޭރުގެ ހާލަތަށް ބަލައި އެއް ދުވަސްތެރޭ ދިރާސާކުރެވި ގަރާރު ފާސްކުރި ނަމަވެސް އެއީ ވަރަށް އަވަސްއަރުވާލައިގެން ކުރެވުނު ކަމަކަށް ވާތީ ފުރިހަމަ ނުވާ އެތައް ކަންތައްތަކެއް ހުރިކަން އަސްލަމް ފާހަގަކުރެއްވި އެވެ.

“މި ގަރާރު ފާސްވެގެން ދިޔައީ ވަރަށް އުނދަގޫ ދަތި ވަގުތެއްގައި. އެކަމާއި ދޭތެރޭގައި އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އިއްޒަތްތެރި ހުރިހާ މެމްބަރުންނަށް ވެސް ފުންކޮށް ވިސްނާލާ އަދި މި ކަމާއި ގުޅޭގޮތުން އަޅުގަނޑުމެންގެ ތެރޭގައި އެކަށީގެންވާ ގޮތެއްގައި މަޝްވަރާ ކުރެވުނު ކަމަކަށް. އެހެންކަމުން އެހާ އަވަސްކޮށް އަޅުގަނޑުމެން އެއްދުވަހު ބަހުސް ކުރުމަށް ފަހުގައި މުޅި މަޖިލީހުގެ ކޮމެޓީއަކަށް ގެންގޮސް މި ފާސްކުރުމަށް ފަހު މި ގަރާރު ނިމިގެން ދިއުމުން މީގައި ހިމަނަން ޖެހޭ ވަރަށް ކަންކަން ނުހިމެނި ހުރިކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ” އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ނިޒާމީ ވޯޓުގެ ގަރާރާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނަށް ގިނަ ސުވާލުތަކެއް އުފެދިގެން ދިޔައީ ވެސް ގަރާރުގައި ފުރިހަމަ ނުވެ އެތައް ކަމެއް އޮތުމުން ކަމަށެވެ. އެހެންކަމުން ގަރާރާއި ގުޅޭގޮތުން އީސީން ފޮނުވާފައިވާ ސިޓީ މަޖިލީހުގެ ދާއިމީ ކޮމެޓީއަކަށް ގެންގޮސް ގަރާރާއި، އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައިވާ ސިޓީގައި ހުރި ކަންބޮޑުވުންތަކާއި ބަލައި އެކަން ކުރިއަށް ގެންދެވޭނެ ގޮތްތައް ސާފުކޮށް ބަލައި ދިރާސާ ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށް އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ނިޒާމީ ވޯޓުގެ ވާހަކައަކީ ކުޑަ ވާހަކައެއް ނޫން ކަމަށެވެ. އަދި އެއީ ގައުމީ ވަރަށް ބޮޑު ނިންމުމެއް ކަމަށެވެ.

އެހެންކަމުން އަވަސް އަރުވާލައިގެން ކުރުމުގެ ބަދަލުގައި ދިރާސާތައްކޮށް ފުރިހަމައަށް އެކަންކަމާއި ގުޅޭގޮތުން ވާހަކަދެކެވިގެން ރަނގަޅު އިންތިޒާމެއްގެ ތެރެއިން އެ ކަންކަން ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއްކަމަށް އަސްލަމް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: