ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝިދަށް ވުރެ ކޮރަޕްޓް ފަރާތެއް ނުދެކެން: މެމްބަރު ޔައުގޫބް

ނިޒާމީ ވޯޓާއިމެދު ގޮތެއްނިންމުމަަށް މަޖުލީހުން ފާސްކޮށްފައިވާ ގަރާރާއި ގުޅޭގޮތުންވާހަކަދެއްކުން:ފޮޓޯ އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީޙުގެ ރައީސް މުހައްމަދު ނަޝިދަށް ވުރެ ކޮރަޕްޓް ބޭފުޅެއް ނުދެކޭކަމަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުއްﷲ ވިދާޅުވެއްޖެވެ.

ޔައުގޫބް މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މަޖިލީޙުން ފާސްކޮށްފައިވާ ގަރާރާއި ގުޅިގެން އެމްޑީޕީގެ އަމަލު ކުރާނެ ގޮތެއް ކަނޑައެޅުމަށް ބޭއްވި ގައުމީ މަޖިލީޙުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޔައުގޫބް ވިދާޅުވީ ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރާ ކަމަކަށް ރައީސް މުހައްމަދު ނަޝީދު ތާއިދުކޮށް ކުރައްވަން މިއުޅޭ ކަމަމީ ނުފޫޒާއި ބާރު ބޭނުންކޮށްގެން ވެރިކަމުގައި ހުރެވޭތޯ ކުރާ މަސައްކަތް ކަމަށެވެ.

“މިސައްކަތަށް ކިޔަނީ ކޮރަޕްޝަނޭ. ކޮރަޕްޝަނަކީ ކޮންމެހެން ތަނެއްގަ ހުރި ފައިސާތަކެއް ނަގައިގެން ދިއުމެއްނޫން. ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގާ އެމީހާ ބޭނުންތައް ފުއްދުމަށް ކިޔާ ނަމެއް ކޮރަޕްޝަނަކީ. އަޅުގަނޑުގެ ދުށް ތަނުގަ އެއަށްވުރެ ކޮރަޕްޓް ބޭފުޅެއް ނުދެކެން” ޔައުގޫބް ވިދާޅުވިއެވެ.

ނިޒާމީ ވޯޓާއިމެދު ގޮތެއްނިންމުމަަށް ބޭއްވި އެ ޖަލްސާގައި ނަޝީދަށް ފާޑު ވިދާޅުވަމުން ޔައުގޫބު ވިދާޅުވީ، ބަރުލަމާނީ ނިޒާމެއް ރާއްޖެ އަށް ގެންއުމަށް ނަޝީދު މަސައްކަތް ކުރައްވަނީ ވެރިކަން ބޭނުންވެގެން ކަމަށެވެ. އެއީ ބަރުލަމާނީ އަކީ އޭނާ އަށް ހަމައެކަނި ވެރިކަން ލިބެން އޮތް މަގު ކަމަށްވާތީކަމަށެވެ.

30 ސެޕްޓަމްބަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓަށްފަހު އޭނާ ނިސްބަތްވާ ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ގުޅުއްވި ކަމަށާއި، އެބޭފުޅުން ދެންނެވީ ރައީސް ނަޝީދު ނޫން ގޮތެއްކަމަށެވެ. އަދި ބަރުލަމާނީ ނޫން ގޮތެއް ކަމަށެވެ. އެހެންކަމުން ބަރުލަމާނީ ނޫން ގޮތެއް ހޯދަން ޖެހޭ ކަމަކަށްވާތީ އެބޭފުޅާވެސް އެދެނީ ބަރުލަމާނީ ނޫން ގޮތެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: