ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަރުލަމާނީ ނިޒާމުގެ ސިފަތައް މާދަމާ މަޖިލީހަށް ހުށަހަޅަން ނިންމައިފި

މަޖިލީހުގައި ރައިސް ނަޝީދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: މަޖިލީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބަރުލަމާނީ ނިޒާމުގެ ސިފަތައް މާދަމާ މަޖިލީހަށް ހުށަހަޅަން ނިންމައިފިއެވެ.

މިއަދު މަޖުލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމުގެ ސިފަތަކަކީ ކޮބައިކަން މަޖުލީހުގައި ކިޔައިދިނުމަށް ހުށައެޅޭނެ ކަމަށެވެ. އެގޮތުން ހުށައެޅޭ ކަރުދާހަކީ ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާވޯޓް ގުޅޭ ގޮތުން އެކުލަވާލާ ކަރުދާހެއް ކަމަށެވެ.

މިގޮތުން އެ ކަރުދާހުގައި ފާހަގަ ކުރައްވާފައިވާ ބަރުލަމާނީ ނިޒާމުގެ ބައެއް ސިފަތައްވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

ބަރުލަމާނީ ނިޒާމުގައި ހިމެނޭ އަސާސީ ސިފަތަކުގެ ތެރޭގައި، ފާހަގަކުރެވުނު ބައެއްކަންތައް ކަމަށް ނަޝީދު ހުށައަޅުއްވާފައިވަނީ ބާރުލަމާނީ ނިޒާމުގައި ދައުލަތް ހިންގުމުގެ ބާރުތަކުގެ ތެރެއިން ވެރިކަން ހިންގުމުގެ ބާރާއި، ގާނޫނު ހެދުމުގެ ބާރުގެ ތެރެއިން އެއްބާރު އަނެއްބާރާއި ގުޅިފަވާކަމެވެ. މީގެ އިތުރުން ވެރިކަން ހިންގުމުގެ ބާރު ބޮޑުވަޒީރަށް ލިބިގެންވާއިރު، ގާނޫނު ހެދުމުގެ ބާރު ލިބިގެންވާނީ ރައްޔިތުންގެ މަޖުލީހަށް ކަމަށާއި، އަދުލު އިންސާފު ގާއިމު ކުރުން ހަމައެކަނި ކަނޑައެޅިގެންދާނީ ޝަރުއީ ކޯޓްތަކަށް ކަމަށްވެސް ބުނެފައި ވެއެވެ.

އެގޮތުން ދައުލަތުގެ އެންމެ އިސްވެރިޔާ އަކީ ރައިސުލްޖުމްހޫރިއްޔާ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ހޮވާނި މަޖުލީހުގެ އެއްވެސް ދައުރެއްނެތި ރައްޔިތުންގެ ސިއްރު ވޯޓަކުން ކަމަށެވެ. އަދި ގާނޫނު އަސާސީގައި ބަޔާން ކުރައްވާގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ ދައުރަކީ މަޖުލީހުން އައްޔަންކުރާ ބޮޑުވަޒީރު އައްޔަންކުރުމާއި އިސްތިއުފާ ބަލައިގަތުން ވެސް ބަރުލަމާނީ ނިޒާމުގައި ހިމެނޭ ކަމަށެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ކަންތަކުގެ ތެރޭގައި އާންމު އިންތިހާބު އިއުލާންކުރުމާއި، މިނިވަން މުސްތަގިއްލު މަގާމްތަކަށް ރައްޔިތުންމަޖުލީހުގެ މަޝްވަރާގެ މަތިން މީހުން އައްޔަން ކުރުންހިމެނޭ ކަމަށެވެ.

ބަރުލަމާނީ ނިޒާމެއްގައި ސަރުކާރު ހިންގުމުގެ އެންމެ އިސްވެރިޔާއަކީ ބޮޑުވަޒީރު ކަމަށެވެ. އެގޮތުން ބޮޑުވަޒީރުވާނީ މަޖުލީހުގެ އެވަގުތު އައުލަބިއްޔަތު އޮންނަ ބޮޑުވަޒީރެއް ކަމަށާއި، އެހާހިސާބުން ބޮޑުވަޒީރުވާނީ މަޖުލިސް ހިންގުމުގެ އެންމެބޮޑު ބާރުވެރިޔާ ކަމަށެވެ. އެހެންނަމަވެސް މަޖުލީސް އޭނާގެ ބޮޑުވަޒީރުކަމުގައި ހުރެވޭނީ މަޖުލީހުގެ އައިލަބިއްޔަތު އޭނާގެ މައްޗަށް އޮންނަ ދުވަހަކާއި ހަމަޔަށް ކަމަށެވެ.

ބޮޑުވަޒީރު އޭނާގެ މަގާމުން ދުރުކޮށްފިނަމަ، އަލުން ސަރުކާރު ބަދަލުކުރަންޖެހޭނެ ކަމަށްވެސް ނަޝީދު ހުށައެޅުއްވި ލިޔުމުގައި ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: