ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދާލަތު ޕާޓީ ވެސް ބަރުލަމާނީ ނިޒާމާއި ދެކޮޅުކަން ހާމަ ކޮށްފި

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނި×ޒާމަކަށް ބަދަލު ކުރަން ނުފެންނަ ކަމަށް އަދާލަތު ޕާޓީން ނިންމައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަދާލަތު ޕާޓީން ބުނީ ނިޒާމު ބަދަލުކުރުމާއި، ދެކޮޅު ކަމަށެވެ. ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީން އަކުންވެސް ނިޒާމު ބަދަލުކުރުމާއި ދަނީ ދެކޮޅުކަމަށް ނިންމަމުންނެވެ.

އެގޮތުން ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީންވެސް ނިޒާމް ބަދަލުކުރުމާއި ދެ ކޮޅެވެ. އެމްޑީޕީ ގައުމީ މަޖުލީހުގައި ރޭ ބޭއްވި ޖަލްސާގައިވަނީ ނިޒާމް ބަދަލު ކުރުމާއި ދެކޮޅުކަމަށް ނިންމާފައެވެ. އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވިދާޅުވީ، ނިޒާމް ބަދަލުކުރުމުގެ ވޯޓަކަށް ގޮސްފިނަމަ އަމަލީ ގޮތުން މަސައްކަތް ކުރާނީ ރިޔާސީ ނިޒާމެއް ރާއްޖޭގައި ގާއިމްް ކުރަން ކަމަށެވެ.

ނިޒާމް ބަދަލުކުރުމުގެ ވޯޓް ރާއްޖޭގައި އެންމެފަހުން ލާފައިވަނީ 2007 ވަނަ އަހަރުގައެވެ. އޭރު ރައްޔިތުންގެ ތާއިދު ލިބިފައިވަނީ ރިޔާސީ ނިޒާމަކަށެވެ. އޭގެ ފަހުން މިހާރު ވަނީ 15 އަހަރު ފާއިތުވެފައެވެ.

މީގެ އިތުރުން އެމްޑީޕީގެ ގައުމީ މަޖުލީހުގައި ގިނަ މެމްބަރުން ވާހަކަދައްކަވާފައިވާއިރު، އެންމެ މީހަކަށްޓަކައި ރާއްޖޭގެ ވެރިކަން ކުރާ ނިޒާމު ބަދަލުކުރުމަކީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫންކަމަށް އާރްޑީސީގެ އެމްޑީ އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު މޫސާ އަލީ މަނިކު (މޫކޭ) ވެސް ވަނީ ވިދާޅުވެފއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: