ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަމާނުއްސުރެ ރާއްޖޭގައި އޮތީ ބަރުލަމާނީ ނިޒާމް: ރައީސް ނަޝިދު

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނޫސްވެރިންނާއި ބައްދަލުކުރެއްވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ޒަމާނުއްސުރެ ރާއްޖޭގައި އޮތީ ބަރުލަމާނީ ނިޒާމް ކަމަށް ރައްޔިތުންގެ މަޖުލީހުގެ ރައީސް މުހައްމަދު ނަޝިދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު  ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ރައިސް އިބްރާހިމް ނާސިރުގެ ވެރިކަމަށްވުރެ ކުރިންވެސް ރާއްޖޭގައި އޮތީ ބަރުލަމާނީ ވެރިކަމެއްކަމަށާއި، މިކަމަށް ބަދަލުތަކެއް އައީ އިބްރާހިމް ނާސިރުގެ ވެރިކަމުގެ ކުޑަދުވަސްކޮޅަކާއި، ރައީސް މައުމޫނުގެ ވެރިކަމުގެ 30 އަހަރުގައި ކަމަށެވެ.

އެގޮތުން އިބްރާހިމް ނާސިރު 10 އަހަރުވަންދެން ބޮޑުވަޒީރުކަން ކުރެއްވި ކަމަށެވެ. އޭގެފަހުން އިބްރާހިމް ނާސިރު އަހުމަދު ޒަކީ ބޮޑުވަޒީރަކަށް ހަވާލު ކޮށްދެއްވި ކަމަށެވެ.

އެހެންކަމުން 2008 ގެ ރިޔާސީ އިންތިހާބު، ކާމިޔާބު ކުރައްވާ އެ މަނިކުފާނުގެ ވެރިކަމުގައިވެސް މަޖުބޫރުވީ ރިޔާސީ ނިޒާމުގައި އިންނަވަން ކަމަށެވެ. މިހާރު މަޖުލީހުގައި ގޮޑި ހުރި މިންވަރަށް ގޮޑި ހުރިނަމަ އެކަން ކުރާނެ ކަމަށްވެސް ނަޝީިދު ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމާއި ގުޅޭގޮތުން ދެފަހަރެއްގެ މަތިން ކުރެވުނު މަސައްކަތުގެ ތެރެއިންވެސް ރައީސް ޔާމީންގެ ކަނޑައެޅިގެެން އެކަމާއި އެއްބަސްވާ ކަމަށްވެސް ނަޝިދު ވިދާޅުވިއެވެ.

“އެކަމަކީ ވަރަށް އެކަށީގެންވާ ނިޒާމެއް. ރައީސް ޔާމީން ކަނޑައެޅިގެން ތާއިދު ކުރައްވާ.އެކަމާއި އަޅުގަނޑާއިއެކު ކެމްޕެއިނުގައިވެސް ބައިވެރިވެ ލެއްވި” ރައިސް ނަޝިދު

މި ކަމަކީ ރާއްޖޭގެ ރައްޔިތުންނާއި ގުޅުންހުރި ކަމެއް ކަމަށާއި، ނިޒާމް ބަދަލު ކުރުމުގެ ފައިދާ ކުރައްވާނީ ވެސް ރައްޔިތުންނަށް ކަމަށެވެ. އަދި އޭގެ ފައިދާ އެއްވެސް ވަރަށްކަށް ވެރިކަމުގައި ހުންނަމީހާ އަކަށް ނުކުރާނެ ކަމަށެވެ. އެއީ ވެރިން ޖަވާބުދާރީ ކުރުވައިގެން ދެފުށް ފެންނަ ގޮތަކަށް ކުރެވޭނެ ނިޒާމަކީ އެއީ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް ނިޒާމީ ވޯޓްގައި ވަކިވަރަކަށް ފައިސާ ހޭދަވާނެ ކަމަށް ދެކެވޭ ވާހަކައަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ނަޝިދު ވިދާޅުވިއެވެ. ސާޅީސް މިލިއަން ހޭދަވާނެ ކަމަށްދެކެވޭ ވާހަކަޔާއި ގުޅިގެން ނޫސްވެރިއަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ 10 މިލިއަންވެސް ނިޒާމު ބަދަލުކުރުމަށް ލެވޭ ވޯޓާއި ގުޅިގެން ހަރަދު ވާނެ ކަމަކަަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: