ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ މުއިއްޒު ޗައިނާ ސަފީރާއި ބައްދަލުކޮށްފި!

އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު އަދި ޗައިނާގެ ސަފީރު: ފޮޓޯ/ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ވޭންގް ލީޒިންގއާއި ބައްދަލުކުރައްވައިފިއެވެ.

2023ގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާފައިވާ ޕީއެންސީގެ ކެންޑިޑޭޓު އިންތިހާބީ ރައީސް ޑރ މުއިއްޒު، ސަފީރު ވޭންގް ލީޒިންގއާއި ބައްދަލުކުރައްވާފައިވަނީ، އެމަނިކުފާނުގެ ގެކޮޅު މ ދިމްޔާތުގައެވެ. އެމަނިކުފާނާއިއެކު ނައިބު ރައީސްގެ މަގާމަށް އިންތިހާބުވެފައިވާ ހުސައިން މުހައްމަދު ލަތީފުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޕީޕީއެމް އިން ހިއްސާކޮށްފައިވާގޮތުން، މި ބައްދަލުވުމުގެ ތެރެއިން ޑރ މުއިއްޒު އަދި ޗައިނާގެ ސަފީރުވަނީ ރާއްޖެއާއި އެ ގައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް ވަރުގަދަ ކުރުމާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.

ޗައިނާ ސަފީރުގެ އިތުރުން ޑރ މުއިއްޒުވަނީ އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައެޅިފައިވާ ސަފީރު ކެރަން ރޮސްލާ އާއިވެސް ބައްދަލުކުރައްވާފައެވެ. މައުލޫމާތު ދީފައިވާގޮތުން، މިއަދުގެ ވަގުތެއްގައި ޑރ މުއިއްޒު ޔޫއޭއީ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރާއިވެސް ބައްދަލުކުރައްވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: