ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާގެ އުޅަނދު ރާއްޖެއާއި ހިސާބަށް އައިސްފި!

ޗައިނާއިން ޖާސޫސްކުރުމުގެ މަސައްކަތްތަކަށް ބޭނުންކުރާކަމަށް އިންޑިއާއިން ތުހުމަތުކުރާ އުޅަނދެއް: ފޮޓޯ/ ހިންދުސްތާންޓައިމްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ބަނދަރުކުރުމަށް ފުރުސަތު ނުދިނުމަށް އިންޑިއާއިން ގޮވާލާފައިވާ ޗައިނާގެ ދިރާސާ ކުރާ އުޅަނދު މިއަދު ރާއްޖެއާއި ހިސާބަށް ވާސިލުވެއްޖެއެވެ.

ރާއްޖެއަށް ޗައިނާގެ ދިރާސާކުރާ އުޅަނދެއް އައުމަށް ކަނޑައެޅިފައިވުމާއިއެކު އިންޑިއާއިން އެކަމަށް ޖާގަ ނުދިނުމަށް ތަކުރާރުކޮށް ގޮވާލާފައިވާއިރު، ރާއްޖެއިންވަނީ އެ އުޅަނދު އައުމުގެ މަގުސަދުތަކުގެ ތެރޭގައި ދިރާސާތައް ކުރުން ނުހިމެނޭކަމަށް މައުލޫމާތު ދީފައެވެ.

ކަނޑުމަތީ އުޅަނދުތައް ޓްރެކް ކުރާ ވެބްސައިޓުތަކުން ދައްކާގޮތުން މިއަދު ބަނދަރުކުރެވޭ ހިސާބަށް އަންނާނެއެވެ. އަދި މި އުޅަނދަކީ ޗައިނާގެ ގުރުދުރަތީ ވަސީލަތްތަކާއި ބެހޭ މިނިސްޓްރީއަށް ރިޕޯޓުކުރާ ދިރާސާކުރާ ވުޒާރާއެއްގެ އުޅަނދެއްކަމަށްވެސް ބުނެފައިވެއެވެ. މި އުޅަނދު ރާއްޖެއާއި ހިސާބަށް ވާސިލުވަނީ އެއް މަސްދުވަހުގެ ދަތުރަކަށްފަހުކަމަށްވެސް ބުނެފައިވެއެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީއިން ބުނާގޮތުން އެ އުޅަނދަކީ ސުލްހަވެރި މަގުސަދުތަކަށާއި އިލްމީ މަސައްކަތްތަކަށް ބޭނުންކުރާ އެއްޗެކެވެ. އެހެންނަމަވެސް އަސްކަރީ އުޅަނދުތައް ނޫނަސް އިންޑިއާއިންދަނީ ޗައިނާއިން ކުރަމުންދާ ކަންކަމުގެ ފަހަތުގައި ނުބައި މަގުސަދުތަކެއް އޮތްކަމަށް ސިފަކުރަމުންކަމަށްވެސް ބުނެފައިވެއެވެ.

އެމެރިކާގެ ބައެއް ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުން، ޗައިނާއިން ރާއްޖޭގެ ސަރަހައްދީ އިމުގެ ތެރޭގައި ކުރަމުންދާ މަސައްކަތްތަކުން ލިބޭ މައުލޫމާތުތައް ބޭނުންކޮށްގެން ކަނޑުގެ އަސްކަރީ ހަރަކާތްތަކެއް ހިންގުން އެކަށީގެންވާކަމަށެވެ. އެހެންނަމަވެސް ޗައިނާއިން ގެންދަނީ މި ތުހުމަތުތައް ދޮގުކުރަމުންކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: