ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެންނަނީ ރާއްޖެއާއި ޗައިނާއަށް އުޖާލާ ކުރިމަގެއް: ސަފީރު

ޗައިނާގެ އަހަރީ ދުވަސް ފާހަގަކުރުމުގަ އިންތިހާބީ ރައީސް ޑރ. މުއިއްޒު އަދި ޗައިނާ ސަފީރު -- ފޮޓޯ: ޗައިނާ އެމްބަސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތީ ރާއްޖެ އަދި ޗައިނާގެ ގުޅުމުގެ ތެރެއިން ކުރިއަށްވުރެވެސް ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރެވިގެންދާނެ ދުވަސްތަކެއްކަމަށް ދެކިވަޑައިގަންނަވާކަމަށް ޗައިނާގެ ސަފީރު ވޭންގް ލީޒިންގް ވިދާޅުވެއްޖެއެވެ.

ދަ އެޑް ކިޔާ ނޫހަކަށް ދެއްވި އިންޓަރވިއުއެއްގައި ވޭންގް ވިދާޅުވީ، ދެ ގައުމުގެ އިސްވެރިން ގުޅިގެން ދެމުންދާ އިރުޝާދުތަކާއިއެކު ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އެކި މަސައްކަތްތައް ކޮށް ރަނގަޅު ގުޅުންތަކެއް ދަމަހައްޓާފައިކަމަށެވެ. އޭނާ ވިދާޅުވީ ސިޔާސީ ގުޅުމާއި އެކި އެހެނިހެން ދާއިރާތަކުގައިވެސް ކުރިއެރުންތަކެއް ހާސިލުކުރެވިފައިވާކަމަށާއި އެކަކު އަނެެކާ ދިމާވެ ކުރެވޭ މުއާމަލާތްތައްވެސް އިތުރުވެފައިވާއިރު ދެގައުމުގެ ރައްޔިތުންގެ ދެމެދުވެސް ގުޅުންތައް ބަދަހިވެފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ވޭންގް ވިދާޅުވީ، ދެ ގައުމުގެ ދެމެދު އޮތް ގުޅުމާއިމެދު ހިތްހަމަޖެހިވަޑައިގަންނަވާކަމަށާއި ކުރިމަގަށް ބަލާއިރު ފެންނަމުންދަނީ ރަނގަޅު ފުރުސަތުތަކަކާއި ކުރިއަށްވުރެވެސް ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރެވޭ ދުވަސްތަކެއްކަމަށެވެ. އޭނާ ވިދާޅުވީ ދެ ގައުމުގެ ސިޔާސީ އިސްވެރިންގެ ދެމެދު ގިނަ އަދަދެއްގެ މުއާމަލާތްތައް ކުރެވެމުންދާކަމަށާއި ކާމިޔާބީތައް ފާހަގަކުރެއްވުން ފަދަ ކަންކަމުގައިވެސް ޝާމިލުވާކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖެއިން އަބަދުވެސް ވަން ޗައިނާ ސިޔާސަތު ގެންގުޅޭކަމަށާއި އަބަދުވެސް ޗައިނާއަށް ކަންބޮޑުވުންތަކުގައި އެއްބާރުލުމާއި އެހީތައް ދެމުންދާކަމަށާއި ދެގައުމުގެ ޝައުގު ހުންނަ ކަންކަމުގައިވެސް އެއްބާރުލުން ދޭކަމަށެވެ. އަދި ހަމަ އެގޮތުގެ މަތިން ޗައިނާއިންވެސް އަބަދުވެސް ރާއްޖޭގެ އިޖްތިމާއީ އާއި އިގްތިސާދީ ކުރިއެރުމަށް އެއްބާރުލުން ދެމުން އައިސްފައިވާކަމަށާއި ޗައިނާއިން ރާއްޖޭގެ އެކި ރަށްތަކުގައި ތަރައްގީގެ މަސައްކަތްތައް ކުރަމުންދާކަމަށް ވިދާޅުވިއެވެ. އެގޮތުން ބައެއް ރަށްތަކުގައި ލޮނު ފެނުން ބޯފެން އުފެއްދުމުގެ މަސައްކަތްތައް ކުރަމުންދާއިރު، އަނެއްބައި ރަށްތަކުގައި ހޮސްޕިޓަލް އެޅުން ފަދަ މަސައްކަތްތައް ކުރުމަށް ކަނޑައެޅިފައިވާކަން ވޭންގް ހިއްސާކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: