ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ ޗައިނާގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދަން ބޭނުން: ޗައިނާގެ ފޮރިން މިނިސްޓަރު

ޗައިނާގެ ފޮރިން މިނިސްޓަރު ވޭންގް ޔީ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ބޭނުންވެވަޑައިގަންނަވާކަމަށް ޗައިނާގެ ފޮރިން މިނިސްޓަރު ވޭންގް ޔީ ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް މަރުހަބާ ދެންނެވުމުގެ ގޮތުން ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ އެކްސް އެކައުންޓުން ވޭންގް ވަނީ މެސެޖެއް ހިއްސާކުރައްވާފައެވެ. އެގޮތުން ރާއްޖެ އަދި ޗައިނާގެ އިސްވެރިން ނިންމާ ނިންމުންތައް ތަންޒީފުކުރެއްވުމަށްޓަކައި މިނިސްޓަރު ޒަމީރާއިއެކު މަސައްކަތްކުރައްވަން ބޭނުންވެވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ. އަދި ދެ ގައުމުގެ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް ސިޔާސީ މަސައްކަތްތަކުގެ ތެރޭގައިވެސް އިތުބާރު އާލާކުރުމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

ވޭންގް ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ދެ ގައުމުން އެކުގައި ކުރަމުންދާ އަމަލީ މަސައްކަތްތައްވެސް އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމަށާއި ރައްޔިތުންގެ ދެމެދު ކުރެވެމުންދާ މުއާމަލާތްތައްވެސް އިތުރުވެގެންދާނެކަމަށް އުންމީދުކުރައްވާކަަމަށެވެ. އޭނާ ވިދާޅުވީ ދެ ގައުމުގެވެސް ކުރިމަގަށް ރިއާޔަތްކުރާ ވިސްނުންތަކެއްގެ މަތިން އެކުވެރި ގުޅުމެއް އިތުރު ހަރުފަތަކަށް ގެންދިއުމަށް އުންމީދުކުރައްވާކަމަށެވެ.

އޭނާ ވިދާޅުވީ، ރާއްޖެއާއި ޗައިނާއަކީ އެކުވެރި އަވައްޓެރިންކަމަށެވެ. އަދި ދެ ގައުމުގެ ދެމެދު ހާރިޖީ ގުޅުންތައް ގާއިމުކުރެވުނީއްސުރެވެސް ޗައިނާ އާއި ރާއްޖެއިންވެސްވަނީ އަނެކާއަށް އިހުތިރާމު އަދާކޮށްފައިކަމަށްވެސް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ދެ ގައުމުުންވެސް ވަނީ އެއް ފަންތިއެއްގެ ގޮތުގައި ދެކި ކުރަމުންދާ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދީ ކަންބޮޑުވުންތައް ހައްލުކުރުމުގައިއާއި ޝައުގުތަކަށް މަސައްކަތްކުރުމުގައިވެސް އެކުގައި ޝާމިލުވެފައިކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: