ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުވާކުރުމުގެ ރަސްމިއްޔާތަށް ޗައިނާގެ ރައީސްގެ ހާއްސަ މަންދޫބެއް ވަޑައިގެންފި

ޗައިނާގެ ރައީސްގެ ފަރާތުން ރާއްޖެއަށް ފޮނުވި ހާއްސަ މަންދޫބު އަދި ކުރީގެ ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު: ފޮޓޯ/ ޒަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ހުވާކުރެއްވުމުގެ ޖަލްސާއަށް ޗައިނާގެ ރައީސްގެ ފަރާތުން އައުމަށް ކަނޑައެޅިފައިވާ ހާއްސަ މަންދޫބު އެ ގައުމުގެ ސްޓޭޓް ކައުންސިލަރ ޝެން ޔީކިން ރާއްޖެއަށް ވަޑައިގެންފިއެވެ.

ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ހުވާކުރެއްވުމަށް ހަމަޖެހިފައިވާ އިންތިހާބީ ރައީސްގެ އޮފީހުންވަނީ ބޭރު ގައުމުތަކަށް އެމަނިކުފާނުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ދައުވަތު އަރުވާފައެވެ. ރާއްޖެއަށް ވަޑައިގެންނެވި ހާއްސަ މަންދޫބަށް މަރުހަބާ ވިދާޅުވީ ކުރީގެ ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރުއެވެ.

ސޯޝްލްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޒަމީރު ވިދާޅުވީ، ޗައިނާގެ ރައީޝް ޝީ ޖިން ޕިންގް ގެ ހާއްސަ މަންދޫބަކަށް މަރުހަބާކިޔުމަކީ ލިބިވަޑައިގެންނެވި ޝަރަފެއްކަމަށެވެ. އަދި ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްކަމަށްވުމުން އެ ގައުމާއި ދެމެދު އޮންނަ ގުޅުން މުހިންމުކަމަށްވެސް ފާހަގަކުރެއްވިއެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުވެސް ވަނީ އެ މުނާސަބާ ފާހަގަކޮށް ޕޯސްޓެއް ކޮށްފައެވެ. އެގޮތުން ހާއްސަ މަންދޫބަށް ހޫނު މަރުހަބާއެއް ކިޔާކަމަށާއި، މި ޒިޔާރަތަކީ ކުރިމަގަށް ވިސްނައި ރިއާޔަތްކޮށް އެކުވެރި، އަދި ގިނަ މަސައްކަތްތަކެއް ކުރުމުގެ މަގު ފަހިވެގެންދާނެކަމަށް ގަބޫލުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: