ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޅުގަނޑުގެ ސަރުާރެއްގައި މީޑިއާތަކަށް އެއްވެސް ހުރަހެއް ނެތި މަސައްކަތް ކުރެވޭނެ: އިންތިހާބީ ރައީސް

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

މީޑިއާތަކަށް އެއްވެސް ހުރަހެއް ނެތި މަޢުލުމާތާއި ޚަބަރު ފެތުރުމަށް ސަރުކާރުން އެއްވެސް ހުރަހެއް ނާޅާނެކަަމަށް އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިންތިޚާބީ ރައީސް ޑރ.މުއިއްޒު މިރޭ ވަނީ ސަންގުޓީވީއަށް ވަޑައިގެން ސަންގުގެ މުވައްޒަފުންނާއި ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުމުގައި އެމަނިކުފާނު ދެއްކެވި ވާހަކައިގައި ސަންގު ޓީވީއިން ރިޔާސީ އިންތިޚާބުގެ ކެމްޕޭންއިން ފެށިގެން ވޯޓް ގުނުމާއި ހަމައަށް ކުރެއްވި ބުރަ މަސައްކަތަށް ސަންގު ޓީމްއަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

މިބައްދަލުވުމުގައި ޑރ.މުއިއްޒު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނުގެ ސަރުކާރުގައި މީޑިއާތަކަށް ސަރުކާރުގެ ފަރާތުން ފުރިހަމަ އެހީތެރިކަން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ. އަދި މީޑިއާގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ކުދިންނަށްވެސް ތަޢުލީމާއި ތަޖުރިބާ ހޯދުމަށް ސަރުކާރުން އެ ކުދިންނަށް އެހީތެރިވާ ބަޔަކަށް ވާނެކަމުގައި ވިދާޅުވިއެވެ.

“ސަރުކާރަކީ އެއްވެސް ކަމެއް ފޮރުވައިގެން ކަންތައް ކުރާ ބަޔަކަށް ވާކަށް ބޭނުމެއް ނޫން. އަޅުގަނޑުމެން އެއްވެސް ކަމެއް ނުފޮރުވާނަން. އެހެެންވީމައި މިކަމަށް މީޑިއާގެ ދައުރު ވަރަށް ބޮޑު ވާނެ ރައްޔިތުންނަށް ކަންކަން ހާމަކޮށްދިނުމަށް. ރައްޔިތުންނާއި ވެސް ގުޅިގެން ސަރުކާރާއި ރައްޔިތުންނާއި ދެމެދުގައި މަސައްކަތް ކުރާ ބަޔަކަށް މީޑިއާ ވާން ބޭނުން. އެކަމުގައި ކާމިޔާބު ހާސިލްކުރާނެކަމުގައި ޔަޤީންކަން ދެން.” މުއިއްޒު ވިދާޅުވިއެވެ.

ސަންގުން ކުރި މަސައްކަތް ފާހަގަކުރައްވާ ސަންގު ޓީމްއަށް ޑރ.މުއިއްޒު ވަނީ ޝޫކުރު އަދާކުރައްވާފައެވެ. އެމަނިކުފާނު ވަނީ ކެމްޕޭންގެ ހުރިހާ ދަތުރެއްގައި ސަންގު ޓީމްގެ ބައިވެރިވުން ވަނީ ފާހަގަކުރައްވާފައެވެ. އަދި ސަންގު ޓީވީގެ އާސްކު މުއިއްޒު ޕްރޮގްރާމްގެ އެހީގައި ރައްޔިތުން އެމަނިކުފާނާއި ކުރައްވަން ބޭނުންވި ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ފުރުޞަތުވެސް ސަންގު ޓީވީގެ ފަރާތުން ލިބުމުން އެކަން ފާހަގަކުރައްވާ ސަންގަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

މީގެ އިތުރުން ޑރ.މުއިއްޒުގެ ވާހަކަފުޅުގައި ޖުމްލަކޮށް ހުރިހާ މީޑިއާއަކުންވެސް މި އިންތިޚާބު ކަވަރު ކުރުމަށް ވަރަށް ރަގަޅަށް މައްސަކަތް ކުރި އިންތިޚާބެއްކަން ފާހަގަކޮށްފައިވެއެވެ. އަދި ހުރިހާ މީޑިއާތަކާއި ވެސް ބައްދަލު ކުރުމަށް މީޑިއާތަކަށް ޒިޔާރަތް ކުރާނެކަމަށާއި އެކަމުގެ މަސައްކަތްތައް އެމަނިކުފާނުގެ އޮފީހުގެ ޓީމުން ފަށާފައިވާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: