ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން އިމާރާތްކުރާ ފުލެޓުތަކުގައި ޕާކު ކުރެވޭނެ ޖާގަ އޮންނަންޖެހޭ: ހުސެއިން ވަހީދު

މާލެ ސިޓީގެ މޭޔަރުކަމަށް އަމިއްލަ ގޮތުން ވާދަކުރައްވާ ޝުއައިބް އަލީ "ސަންގު ބަހުސް" ގައި. ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ޒިންމާ ނަގައިގެން ކުރައްވާ އިމާރާތް ކުރައްވާ ފުލެޓުތަކުގައި ފާކު ކުރެވޭނެ ޖާގަ އޮންނަން ޖެހޭ ކަމަށް އަމިއްލަގޮތުން ވާދަކުރައްްވާ ކެންޑިޑޭޓް ހުސެއިން ވަހީދު ވިދާޅުވިއެވެ.

ސަންގު ޓީވީގެ ” ސަންގު ބަހުސް” ގައި ހުސެއިން ވަހީދު ވިދާޅުވީ ޕާކިންގެ މައްސަލަ މާ އާއި އަދި ޕާކު ކުރާނެ ޖާގައެއް ނެތުން އެއީ މާލޭގެ މަގުތަކަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. ހުސެއިން ވަހީދު ވިދާޅުވީ 7 އޭޕްރީލް 2021 ވަނަ އަހަރު، މޭޔަރު ކަމުގައި ހުންނެވި ބޭފުޅާ ފަސޭހަ އެޕް ބޭނުން ކުރައްވައިގެން ޕާކިންއަށް ދިމާވެފައިވާ މައްސަލއަށް ހައްލެއް ގެނެސް ދެއްވާނެ ކަމަށް ވިދާޅުވެފައިވާކަމަށެވެ. އޭނާ ވިދާޅުވީ މިހާހިސާބަށް އައިރު އެކަން އޮތީ ހުވަފެނެއްގެ ސިފައިގައިިކަމަށާއި އަދި މޭޔަރުކަން ލިބިވަޑައިގެން ހިސާބުން އަމާޒު ބަދަލުވީ ކަމަށްވެސް ވެދާނެ ކަމަށެވެ.

ހުސެއިން ވިދާޅުވި ގާނޫނު ހަދާ ފަރާތްތަކުން އެކަން ކުރެއްވުމުގައި ސާމާލުވެ ގާނޫނުތަށް ތަންފީޒު ކުރެއްވުމަށް ހަވާލުކުރައްވާއިރު އެކަމަށް އެކަށީގެންވާ ވަސީލަތްތަކާއި އަދި އެކަމަށް އެކަށީގެންވާ ބަޖެޓެއް ދެއްވަންޖެހޭކަމަށެވެ. އެހެންނަމަވެސް މިފަދަ ވާސީލަތްތަކާއި އަދި ބަޖެޓުގެ ދަތިކަން ކުރިމަތިވުމުން އެކަން ކުރުމަށް ދަތިތަކާއި ކުރިމަތި ލާން ޖެހެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދުއްވާ އެއްޗިހީގެ ކޯޓާއެއް ކަނޑައެޅުމަކީ ވަރަށް މުހިންމު ކމެއް ކަމަށާއި އަދި މަސަލައެއް ދިމާވާ ހިނދު އެކަން ހުށައެޅޭނީ ރައްޔިތުންގެ މަޖިޅީހަށް ކަމަށް ހުސެއިން ވަހީދު ވިދާޅުވިއެވެ. ޕާކިން ބިލްޑިންތަކެއްގެ ވާހަކަ ދައްކަމުން ދާއިރު އަދި މާލޭގެ ހުސްކޮށް އޮންނާ ކޮންމެ ބިލްޑިންގއެއް ޕާކިންއަށް ބޭނުން ކުރައްވާއިރު އެކަން ކުރުމުގައިވެސް އެފަދަ ތަންތަން އެއަށްވުރެ ރަނގަޅަށް އިމާރާތްކޮށް ޒުވާނުންނަށް އެތަން ބޭނުން ކުރެވޭނެ ގޮތަކަށް ކުރުމަކީ ތޮއްޖެހިފައިވާ މާލެއަށް ހައްލެއް ލިބިގެންދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: