ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިޚާބާ ގުޅިގެން ސިޔާސީ ޕާޓީތަކުން ހުށައަޅާފައިވަނީ އެންމެ 3 މައްސަލަ

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިޚާބާ ގުޅިގެން ސިޔާސީ ޕާޓީތަކުން ހުށައަޅާފައިވަނީ 3 މައްސަލަކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހާމަކޮށްފިއެވެ.

ރިޔާސީ އިންތިޚާބާ ގުޅިގެން ބަލަމުންދާ މައްސަލަތަކުގެ އަދާހަމަ އޭސީސީއިން  ވަނީ ހާމަކޮށްފައެވެ. އެގޮތުން ރިޔާސީ އިންތިޚާބާ ގުޅިގެން ކޮމިޝަނަށް މިހާތަނަށް ހުށަހަޅާފައިވަނީ ޖުމްލަ 97 މައްސަލަކަމަށް އެސީސީއިން މައުލޫމާތުދެއެވެ.

އެއީ:

  1. ސިޔާސީ ޕާޓީތަކުން 3 މައްސަލަ
  2. އިލެކްޝަންސް ކޮމިޝަންގެ ނޭޝަނަލް ކޮމްޕްލެއިންސް ބިއުރޯއިން 5 މައްސަލަ
  3. އަމިއްލަ ފަރުދުން 27 މައްސަލަ
  4. ދައުލަތުގެ އިދާރާތަކުން 1 މައްސަލަ
  5. އަދި ކާކުކަން ނޭނގޭގޮތަށް 61

ހުށަހެޅި 97 މައްސަލައިގެ ތެރޭގައި، އެއްކަމަކާ ގުޅޭ ޝަކުވާ ރިޕީޓްކޮށް ހުށަހަޅާފައިވާކަން ފާހަގަކުރެވޭކަމަށް އޭސީސީއިން ބުންޏެވެ. ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 52 މައްސަލައެއް ރަޖިސްޓްރީކޮށް އެ ކޮމިޝަނުން ގެންދަނީ ބަލަމުންނެވެ.

ރަޖިސްޓްރީ ކުރި މައްސަލަ ތަކުގެ ތެރޭގައިއިންތިޚާބީ ރިޝްވަތުގެ 36 މައްސަލަ، ނުފޫޒު ފޯރުވުމުގެ 11 މައްސަލަ އަދި ދަޢުލަތުގެ މުދަލާއި ވަޞީލަތްތައް ބޭނުންކުރުމުގެ 5 މައްސަލަ ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: