ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތޫނުފިލިކަން އިތުރުކޮށް، އަހުލުވެރިކުރުމަށް ތައުލީމީ މަންހަޖު އަލުން ބައްޓަން ކުރާނަން: ޑރ މުއިއްޒު

ކެމްޕެއިންގައ ޑރ މުއިއްޒު ކުޅުދުއްފުށި ސިޓީއަށް. ފޮޓޯ: މުހައްމަދު އަހުޒަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދަރިވަރުންގެ ތޫނުފިލިކަން އިތުރުކޮށް، އަހުލުވެރިކުރުމަށް ތައުލީމީ މަންހަޖަށް ބަދަލު ގެންނަވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ މުދައްރިސުންގެ ދުވަހުގެ މުނާސަބާގައި ނެރުއްވި ބަޔާނުގައި މުދައްރިސުންނަށް ދުވަހުގެ ތަހުނިއްޔާ ފޮނުއްވަވާ މުއިއްޒު ވިދާޅުވެފައިވަނީ މުދައްރިސުންނަކީ ގައުމުގެ އަނދިރިކަން ނައްތާލާ ބައެއްކަމަށެވެ.

އެމަނިކުފާނަށް ގަބޫލުކުރެވޭ ގޮތުގައި ގައުމަށް ކާމިޔާބީގެ އައްސޭރިއަކަށް ވާސިލްވެވޭނީ ތިން އަސާސެއްގެ މައްޗަށް އެ ގައުމުގެ ތައުލީމީ ނިޒާމު ބިނާވެގެންކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އެގޮތުން:

  1. ހަރުދަނާ އަހުލާގު
  2. ތަނަވަސް އިލްމް
  3. ކުޅަދާނަ ހުނަރުވެރިކަން

މުދައްރިސުންގެ އަދަދު މަތިކަމަށް ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ، ކިޔަވައި ނިމިގެން ނިކުންނަށް ކުދިންގެ ކިބައިގައި ގައުމަށް ބޭޏުންވާ ގާބިލްކަން ހުރޭތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދާކަމަށެވެ.

އެމަނިކުފާނުގެ ވެރިކަމެއްގައި މި ދެ ކަންތަކަށް އިސްކަމެއްދެއްވާނެކަމަށާއި، މިކަންކަން އަށަގަންނާނެ ގޮތަށް ތައުލީމީ މަންހަޖު އަލުން ބައްޓަން ކުރައްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ކަމާއި ގުޅޭ އިތުރު ހަރުދަނާ ފިޔަވަޅުތައް އަޅައި، މުދައްރިސުންގެ ދުޅަހެޔޮކަމަށް ހާއްސަ އިސްކަމެއްދީ، މުދައްރިސުންގެ މަސައްކަތުގެ މަގުތަކަކާއި ޒާތީ ދިރިއުޅުން މީޒާން ހަމަކުރުމަށް މަގުފަހި ކުރުވާނެހެން ފަރުމާ ކުރައްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުދައްރިސުން ކުރައްވާ މިން ނެތް މަސައްކަތުގެ ހައިބަތު ނެގެހެއްޓުމަށް ފަހިވާނެހެން، މުދައްރިސުންގެ އިދާރީ އޮނިގަނޑުތައް ބައްޓަން ކުރާނެކަމަށާއި، މުދައްރިސުން ގަދަރާއި ޝަރަފު މަތި ކުރައްވާނެކަމަށްވެސް ޑރ މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: