ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރާންސްޕޯޓް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީއަކަށް ޝަހާނާ އައްޔަނުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޓްރާންސްޕޯޓް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީއަކަށް މަރިޔަމް ޝަހާނާ އައްޔަންކޮށްފި އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީއަކަށް ޝަހާނާ އައްޔަންކޮށްފައިވާކަން ސިލްވިސްސާވިސް ކޮމިޝަނުން ހާމަ ކޮށްފައިވަނީ އިއްޔެއެވެ.

މި ސަރުކާރުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީގެ މަގާމަށް ދެބޭފުޅަކު ވަނީ މީގެ ކުރިން އައްޔަން ކުރައްވާއެވެ. އެއީ ޝަހާނާގެ އިތުރުން އަބްދުއްﷲ ފަޔާޒާއި، ޝިމާޒެވެ.

ފުރަތަމަ އެ މިނިސްޓރްީ އަށް 2019 ވަނަ އަހަރު އައްޔަން ކުރީ ފަޔާޒްއެވެ. ނަމަވެސް އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާއެވެ. ދެން އެމަގާމަށް އައްޔަންކުރީ ޝިމާޒެވެ. އެއީ 2020 ވަނަ އަހަރެވެ. އޭގެ ފަހުން ޝިމާޒު އިސްތިއުފާ ދެއްވުމުން ޝަހާނާއަށް މަގާމު ހަވާލުކޮށށްފައިނީ 5 އޮކްޓޯމްބަރުގައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މަގާމުން އިސްތިއުފާދެއްވުމަށް އަބްދުﷲ ފަޔާޒު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ފޮނުވި ސިޓީގައި ވިދާޅުވީ ސީއެސްސީ އިން ބަލަމުންދިޔަ އޭނާގެ މައްސަލަތަކުގެ ތަހުގީގު ނުނިމެނީސް މަގާމުން އިސްތިއުފާ ދެއްވުމަށް އަންގައި، މަގާމުން ވަކިކުރައްވަން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި ޝިމާޒު އަލީ، މާގާމުގައި ހުންނެވިއިރު ވަރަށް ގިނަ މައްސަލަތައް އެމިނިސްޓްރީ ތެރޭގައި އުޅުނުކަމުގެ އަޑުތައް ފެތުރިގެން ދިޔައެވެ. އޭގެ ފަހުން އިސްތިއުފާ ދެއްވާފައިވިނަމަވެސް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ޑެޕިއުޓީ މިނިސްޓަރަކަށް ބަދަލުކުރައްވާފައިވާކަމަށްވެސް މިދިޔަ އަހަރު ޑިސެމްބަރުމަސްތެރޭ ރައީސް އޮފީހުން ވިދާޅުވެފަވެއެވެ.

 

 

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 13%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 38%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: