ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިގްތިސާދީ ދާއިރާތައް މަދުވުމުގެ ސަބަބުން ރާއްޖެއަށް ދަތިތައް އެބަހުރި: ވޯލްޑް ބެންކް

މާލޭގެ ވިޔަފާރި ބަނދަރު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރު ފެށިގެން ފަތުރުވެރިކަމުގެ ދާއިރާ ވަރުގަދަ ނަމަވެސް، އެ ދާއިރާއަށް ބަރޯސާވުމާއި އިގްތިސާދުގެ ތެރޭގައި ހިމެނޭ ދާއިރާތައް މަދުވުމުގެ ސަބަބުން ރާއްޖެއަށް ބައެއް ދަތިތައް ކުރިމަތިވެފައިވާކަމަށް ވޯލްޑް ބެންކްއިން ބުނެފިއެވެ.

ވޯލްޑު ބެންކުން ބުނެފައިވާގޮތުން، ރާއްޖެއިން ވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް އިންތިހާއަށް ބަރޯސާވެފައެވެ. އަދި އެހެނިހެން ދާއިރާތައް އިގްތިސާދީ ސިނާއަތުގެ ތެރޭގައި މަދުވުމުގެ ސަބަބުން ދަތިތައް ހުރިކަމަށް ބުނެފައިވެއެވެ. އެ މުއައްސަސާއިން ބުނެފައިވާގޮތުން، ދިވެހިރާއްޖޭގެ އިގްތިސާދުގެ ތެރޭގައި މުދާ އިމްޕޯޓުކުރާ މިނގަނޑުތައް މަތިވުމުގެ ސަބަބުން ދުނިޔޭގެ އިންފްލޭޝަނަށް ކުރަމުންދާ އަސަރުތައް އަދި ތަކެތީގެ އަގުތައް ބޮޑުވުމުގެ ސަބަބުންވެސް ނޭދެވޭ އަސަރުތައް ކުރާނެއެވެ.

ވޯލްޑް ބެންކްއިން ބުނެފައިވާގޮތުން، ރާއްޖޭގައި ތަކެތީގެ އަގުތައް ހިފެހެއްޓުމުގެ މަގުސަދުގައި ސަރުކާރުން ސަބްސިޑީތައް ދިނުމަކީވެސް އެކަމުގެ ސަބަބުން ދިވެހި ރައްޔިތުންގެ މާލިއްޔާތައްވެސް އަސަރުކުރާނެ ކަމެކެވެ. އަދި ކެޕިޓަލް ހަރަދުތަކާއި ދަރަނީގެ އަދަދުތައް މަތީގައި ހުރުމުގެ އިތުރުން އުޖޫރަ ދިނުމަށް ކުރެވޭ ހަރަދާއި ބޭސްފަރުވާއަށް ކުރަމުންދާ ހަރަދުތަކުގެ ސަބަބުން ދިމާވެފައިވާ ދަތިތައް އިތުރުވެގެންދެއެވެ.

ވޯލްޑް ބެންކް އިން ބުނެފައިވާގޮތުން ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގެ ގޮތުން ހަރަދު ކުޑަކުރުމަށް ފިޔަވަޅު އެޅުމަކީ އެންމެ ބޮޑަށް އަސަރުކުރާނެކަމަށް ބެލޭވޭ ގެދޮރުތަކަށް އެހީތެރިކަމާއި ރައްކައުތެރިކަން ފޯރުކޮށްދިނުމަށް އެޅޭ ފިޔަވަޅެކެވެ. ހާއްސަ ގޮތެއްގައި ރާއްޖޭގެ އާބާދީގެ މާލީ ތަނަވަސްކަން ދަށް މީހުން ދިރިއުޅެމުންދަނީ މާލެ ނޫން ރަށްތަކުގައިކަމަށްވުމުން، ސިއްހީ ހިދުމަތާއި ތައުލީމީ ހިދުމަތްތައް އަދި އިންކަމް ސަޕޯޓުފަދަ ކަންކަން އެތަންތަނުގައި ދިނުމުން އެ އާއިލާތަކުގެ މާލީ ހާލަތަށް ލުއިތަކެއް ލިބިގެންދާނެކަމަށް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ވޯލްޑްބެންކްއިންވަނީ ހިންގަމުންދާ މަޝްރޫއުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ދިރިއުޅުމުގެ ފެންވަރު 2016 އިން ފެށިގެން މަތިވެފައިވާކަމަށް ބުނެފައެވެ. އެހެންނަމަވެސް އެ މަޝްރޫޢުތަކަށް ފައިސާ ހޯދާފައިވާ އުސޫލުގެ ސަބަބުން އިތުރަށް ދަރަނީގެ ހާލަތު ގޯސްފައިވާކަަމަށް ބުނެފައިވެއެވެ. އަދި ދަރަނި ނެގުމުގެ ސަބަބުން ހަރަދުތައް މައްޗަށް ގޮސްފައިވާނަމަވެސް ސަރުކާރުންވަނީ ބޭރުގެ ފައިސާއަށް ބަރޯސާވެ 2023 ވަނަ އަހަރުގެ ތެރޭގައިވެސް މަޝްރޫއުތަކަށް ފަންޑުކޮށްފައިކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: