ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޅި ދުނިޔެވެސް އިގްތިސާދީ މަޑުޖެހުމަކަށް އައުމުގެ ބިރު އެބޮތް: ވޯލްޑު ބެންކު

ވޯލްޑް ބެންކް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އުފުލެމުންދާ ދިރިއުޅުމުގެ ހަރަދާއި، އިންޓްރެސްޓު ރޭޓުތައް އަދި ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ލޮޅުންތަކުގެ ސަބަބުން މުޅި ދުނިޔެވެސް އިގްތިސާދީ މަޑުޖެހުމަކަށް އައިސްދާނެކަމަށް ވޯލްޑު ބެންކުން އިންޒާރު ދީފިއެވެ.

ވޯލްޑު ބެންކުން ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބަޔާންކޮށްފައިވާގޮތުން، ދުނިޔޭގެ އިގްތިސާދު މިވަގުތު އޮތީ ނާޒުކު ހާލަތެއްގައެވެ. އަދި އެކަމުގެ ސަބަބުން ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ދެވަަނަ ފަހަރަކަށް ދުނިޔޭގެ އިގްތިސާދު މަޑުޖެހިގެންދިއުމުގެ ފުރުސަތު އޮތްކަމަށް އެ މުއައްސަސާއިން ބުނެފައިވެއެވެ.

އެ މުއައްސަސާއިން ބުނެފައިވާގޮތުން، އަންދާޒާ ކުރާ ވަރަށްވުރެ އިންފްލޭޝަން ރޭޓު މައްޗަށް އަރައިގެންދިއުމާއި، އެކަން ހަމަޖެއްސުމަށް އިންޓްރެސް ރޭޓުތައް އުފުއްލުން އަދި، ކޮވިޑް19 ގެ ހާލަތު ގޯސްވުމުގެ އިތުރުން، ގައުމުތަކުގެ ދެމެދު އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަން އިތުރުވުމަކީވެސް މި އަހަރުގެ ތެރޭގައި ދުނިޔޭގެ އިގްތިސާދު މަޑުޖެހެން ދިމާވެދާނެކަންކަން ކަމަށެވެ.

އެންމެ ފަހުން އެއް ގަރުނެއްގައި ދެ ފަހަރަކު ދުނިޔޭގެ އިގްތިސާދު މަޑުޖެހިގެންގޮސްފަިވަނީ 1930ގެ އަހަރުތަކުގެ ތެރޭގައިކަމަށް ފާހަގަކޮށް ވޯލްޑުބެންކުން ބުނެފައިވާގޮތުން އެ މުއައްސަސާއިންވަނީ މި އަހަރު ދުނިޔޭގެ އިގްތިސާދު ކުރިއަރާނެކަމަށް އަންދާޒާކޮށްފައިވާ އިންސައްތައަށް ބަދަލުތަކެއް ގެނެސްފައިއެވެ. އެގޮތުން ކުރިން ކުރިއަރާނެކަމަށް ބުނީ 3 އިންސައްތައަށް ނަމަވެސް އަލަށް ފާހަގަކުރެވުނު ކަންކަމުގެ ސަބަބުން އެ އަދަދު 1.7 އިންސައްތައަށް ބަދަލުކޮށްފައިވާކަމަށް ބުނެފައިވެއެވެ.

އެ މުއައްސަސާއިންވަނީ ސަބަބެއްގެ ގޮތުގައި އިންފްލޭޝަން ރޭޓު ދަށްކުރުމަށް ކުރާ މަސައްކަތްތަކާއި، އަރަމުންދާ އިންޓްރެސްޓު ރޭޓުތަކައް އަދި ހަކަތައިގެ ބާވަތްތައް އަގުބޮޑުވުގެ އިތުރުން، ޗައިނާ ލޮކްޑޮއުންއެއްގައި އޮތުން ފާހަގަކޮށްފައެވެ. އަދި މި އިގްތިސާދީ ހީނަރުކަމުގެ އަސަރުތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކުރާކަމަށް ލަފާ ކުރާ ކަމަށާއި، 95 އިންސައްތަ ކުރިއަރާފައިވާ އިގްތިސާދުތައް އަދި 70 އިންސައްތަ ކުރިއަރަމުންދާ އިގްތިސާދުތަކާއިމެދު ކޮށްފައިވާ އަންދާޒާތަކަށް ބަދަލު އަންނާނެކަމަށް ބުނެފައިވެއެވެ.

އެ މުއައްސަސާއިން އަންދާޒާކޮށްފައިވާގޮތުން، ކުރިއަރާފައިވާ ގައުމުތަކުގެ އިގްތިސާދު ހީނަރުވާނީ 2.5 އިންސައްތައިން 0.5 އިންސައްތައަށެވެ. އަދި ތާރީހަށް ބެލުމުން މިއީ އިގްތިސާދީ މަޑުޖެހުމެއް އައުމުގެ އަލާމާތްތަކެއްގެ ގޮތުގައި ފާހަގަކުރެވޭ ކަންކަން ކަމަށް ބުނެފައިވެއެވެ.

ވޯލްޑު ބެންކުގެ ރައީސް ޑޭވިޑް މަލްޕާސް ބުނެފައިވާގޮތުން، ދުނިޔަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ދަނީ އިތުރުވަމުންނެވެ. އަދި ދުނިޔޭގެ އިގްތިސާދީ ހާލަތު އިތުރަށް ހީނަރުވަމުންދިއުމުގެ ސަބަބުން، ދުނިޔެއިން ފަގީރުކަން ނައްތާލުމަށް އެ މުއައްސަސާއިން ކުރަމުންދާ މަސައްކަތްތަކަށްވެސް ބޮޑެތި ދަތިތައް ކުރިމަތިވެފައިވާކަމަށް ބުނެފައިވެއެވެ.

މަލްޕާސް ބުނެފައިވާގޮތުން، ކުރިއަރަމުންދާ ގައުމުތަކާއި އަލަށް އާރާސްތުވަމުންދާ ގައުމުތަކުން ކުރިމަތިލަމުންދަނީ އިގްތިސާދީ ކުރިއެރުމުގެ ދުވެލި މަޑު އަހަރުތަކަކާއިކަމަށެވެ. އަދި ދަރަނީގެ އަދަދުތައް އުފުލިފައިހުރުމުގެ އިތުރުން އިންވެސްޓުމެންޓުތައް ހޯދުމުގައި އެ ގައުމުތަކަށް ދަތިތައް ހުރި އިރު، އިންވެސްޓުމެންޓުތައް ލިބެމުންދާ ކުރިއަރާފައިވާ ގައުމުތަކުގައިވެސް ދަރަނީގެ އަދަދުތައް އިންތިހާއަށް އުފުލިފައިވާކަމަށް ބުނެފައިވެއެވެ.

އެނާ ބުނެފައިވާގޮތުން، ދެމިގެންދާނެ އިގްތިސާދީ ހީނަރުކަމެއް މުޅި ދުނިޔެއިންވެސް ތަހައްމަލު ކުރާނެކަމަށް އަންދާޒާ ކުރެވެއެވެ. އަދި އިގްތިސާދީ ދުވެލި ކޮވިޑް19ގެ ކުރީގެ އަހަރުތަކަށް ވުރެ ދަށްވާނެކަމަށްވެސް ލަފާ ކުރެވޭކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: