ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަލަސްތީނުގެ ބިންތަކުން އިޒްރޭލުން ފޭބުމަށް މުއިއްޒު ގޮވާލައިފި

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތައް މިހާރުން މިހާރަށް ދޫކޮށްލައި، އެ ބިންތައް ފަލަސްތީނަށް އަނބުރާ ހަވާލު ކުރުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން އިޒްރޭލުން ވަރުގަދަ ހަމަލާތައް ދީ އެ ގައުމުން ހިސޯރުކޮށްފައިވާ ފަލަސްތީނުގެ ބައެއް ބިންތައް ވެސް ވަނީ ހަމާސްގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފަ އެވެ. އޭގެ ސަބަބުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ ރަސްމީކޮށް އިއުލާނުކޮށްފަ އެވެ.

މުއިއްޒު މިރޭ ވިދާޅުވީ ފަލަސްތީނަކީ މިނިވަން ދައުލަތެއްކަމަށް އިޒްރޭލުން ބަލައިގަންނަން ޖެހޭކަމަށާއި، ފަލަސްތީނުގެ ބީންތައް ފޭރުން ހުއްޓާލުމުގެ އިތުރަށް ގުދުސްއަކީ ފަލަސްތީނުގެ ބައެއްކަމަށް ބަލައިގަތުމަށް ގޮވާލާ ކަމަށެވެ. އަދި އިރުމަތީ ގުދުސްއިން ބޭރުކޮށްލާފައިވާ ފަލަސްތީނުގެ ރެފިއުޖީންނަށް އެތަނަށް އަނބުރާ ދެވޭނެ މަގު ހޯދައިދޭން ވެސް މުއިއްޒު ގޮވާލެއްވި އެވެ.

ހަމާސްއިން ހަމަލާތައް ދީފައި ވަނީ މުސްލިމުންގެ މުގައްދަސް ބިންކަމުގައިވާ އަލް އަގްސާ މިސްކިތުގެ ހުރުމަތް ކަނޑާލައި، އެ ތަނަށް ދާ މުސްލިމުންނަށް އަނިޔާ ކުރަމުންދާތީ އެވެ.

މިދިޔަ ދެމަހެއްގެ ތެރޭގައި އެކަނި ވެސް އިޒްރޭލުން ވަނީ ފަލަސްތީނުގެ އެތައް ހާސް ބަޔަކު ޝަހީދުކޮށްލާފަ އެވެ. ކޮންމެ އަހަރަކު ވެސް ދިގުދެމިގެން ދާ ގޮތަކަށް ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން އެކި ހަމަލާތައް ދީ، ފަލަސްތީނުގެ މުސްލިމުންނަށް އަނިޔާ ކުރެ އެވެ.

ވަރަށް ގަދަ
46%ވަރަށް ގަދަ 54%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: