ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރުން ކުށްވެރިކުރަން: ރައީސް ސާލިހު

ރައީސް ސާލިހު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިފާއުވުމުގެ ބާރު ނެތް ފަލަސްތީނުގެ ރައްޔިތުންނާއިމެދު އިސްރާއިލުން އަމަލުކުރަމުންދާ ގޮތް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފިއެވެ.

އިސްރާއިލުން ގަދަބާރުން ހިފާފައިވާ ފަލަސްތީނުގެ ބިންތައް މިނިވަންކުރުމަށާއި އިސްރާއީލްގެ ސަރުާރުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ލާއިންސާނީ އަނިޔާތަކުން ރައްކައުތެރިކުރުމަށް މަސައްކަތްކުރަމުންދާ ހަމާސް ޖަމާއަތުންވަނީ ހިނގަމުންދާ ބޮޑެތި ހަމަނުޖެހުންތައް އެކީ އެކައްޗަކަށް ނިމުމަކަށް ގެނައުމުގެ ގޮތުން އަލް އަގްސާ ސްޓޯރމްގެ ނަމުގައި އަސްކަރީ ހަރަކާތެއް ފަށައި އިސްރާއިލުން ހިފާފައިވާ އެ ގައުމުގެ ސަރަހައްދުތައް މިނިވަންކުރުމަށް ހަމަލާ ދޭން ފަށާފައެވެ. އިސްރާއިލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫވެސް ވަނީ އެ ގައުމު މިހާރު އޮތީ ހަނގުރާމައިގެ ހާލަތުގައިކަމަށް ބުނެފައެވެ.

ބަދަލުކުރެވެމުންދާ ހަމަލާތަކުގެ ތެރޭގައި ގިނަ އަދަދެއްގެ މީހުން މަރުވެފައިވާއިރު، ރައީސް ސާލިހުވަނީ އެ މައްސަލައާއިމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ރައީސް ސާލިހު ވިދާޅުވީ، ރާއްޖެއިން ފަލަސްތީނުގެ ރައްޔިތުންނާއިއެކު ސާބިތުވެ ތިބިކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ހަމަލާތަކުން ދިފާއު ނުވެވޭނެ ފަލަސްތީނުގެ ރައްޔިތުންނާއިމެދު ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން އިސްރާއިލުން ކުރާކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ހަމަޖެހުން ގާއިމުވެގެންދާނެ ޓޫ ސްޓޭޓް ހައްލެއް ހޯދުމަށް އަނެއްކާވެސް ގޮވާލައްވާކަމަށެވެ.

އިސްރާއިލުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރުން ރައީސް ސާލިހު ކުށްވެރި ކުރެއްވިއިރު، އަލަށް އިންތިހާބުކުރެވިފައިވާ ރާއްޖޭގެ ރައީސް ޑރ މުހައްމަދު މުއިއްޒުވެސް ވަނީ މި މައްސަލައަށް އަލިއަޅުއްވާފައެވެ. އެމަނިކުފާނުވަނީ އިސްރާއިލުން ހިފާފައިވާ ފަލަސްތީނުގެ ބިންތައް ވަގުތުން ވަގުތުން ދޫކޮށް އެ ގައުމުން އެ ބިންތަކުން ފޭބުމަށް ގޮވާލައްވާފައެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީއިންވެސް ވަނީ މިކަމާއި ގުޅިގެން ބަޔާނެއް ނެރެފައެވެ. މިނިސްޓްރީއިންވަނީ ހިނގަމުންދާ ކަންކަމާއިމެދު ރާއްޖެއިން އިންތިހާއަށް ކަނބޮޑުވާކަން ހިއްސާކޮށްފައެވެ. އަދި ރާއްޖެއިން އަބަދުވެސް ތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާއިއެކު ކަމަށާއި އދގެ ސަލާމަތީ މުއައްސަސާއިން ދީފައިވާ ހައްލުތައް ބަލައިގަނެ އެގޮތުގެ މަތިން އަމަލުކޮށް، ފަލަސްތީނުގެ ބިންތައް ހިސޯރުކޮށްފައި އޮތް އޮތުން ނިމުކަށް ގެނެސް ގުދުސްވެސް މިނިވަންކުރުމަށް ދިވެހި ސަރުކާރުން އިސްރާއީލްއަށް ވަނީ ގޮވާލާފައެވެ.

މިނިސްޓްރީއިންވަނީ އެ ސަރަހައްދުގެ ހަމަޖެހުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތުކުރަމުންދިޔަ ގޮތުގެ މަތީ ތިބިކަމަށް ތަކުރާރުކޮށްފައެވެ. އެގޮތުން ހަމަޖެހުން ގާއިމުވާނީ 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާވާ ހައްލެއް ގެނެސްގެންކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: