ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއިއްޒުގެ ނަމުގައި ފޭކު މެސެޖެއް ދައުރުކުރާތީ، ސަމާލުވުމަށް އެދެފި

އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު.
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ނަންފުޅުގައި ފޭކު މެސެޖެއް ދައުރުކުރަމުންދާކަމަށް އެ މަނިކުފާނުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.

ސިލްސިލާކޮށް ފިރުޒުލްގެ ފަރާތުން އިންތިގާލީ މަސައްކަތްތަކާއި ގުޅިގެން މައުލޫމާތު ހިއްސާކުރުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަޒުލް އެދިވަޑައިގެންނެވީ މިކަމަށް ސަމާލުވުމަށެވެ.

މި މެސެޖުތައް ދައުރު ކުރަމުންދަނީ ޓެލެގްރާމު މެދުވެރިކޮށްކަމަށް ފިިރުޒުލް ވިދާޅުވިއެވެ. އެދެމުންދަނީ ބައްދަލުކުރުމަށްކަމަށާއި، އަދި ބައްދަލުވުންތަކަށް ދައުވަތު ދެމުން ގެންދާކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް މިއީ ސައްހަ މެސެޖުތަކެއް ނޫންކަން ތަކުރާރުކޮށް ފިރުޒުލް ފާހަގަކުރެއްވިއެވެ.

މިއީ ކަނޑައެޅިގެން ސައްހަ ނޫން މެސެޖުތަކެއް.

މީގެ އިތުރުން ފިރުޒުލް ވަނީ އިންތިގާލީ މަރުހަލާއާއި ގުޅޭ ފަހުގެ ތަފްސީލުތައް ހިއްސާކޮށްފައެވެ.

އެގޮތުން މިއަދުން ފެށިގެން ސަރުކާރު ބަދަލުވުމުގެ މަސައްކަތަށް އެކުލަވާލާފައިވާ ޓީމުތައް ސަރުކާރުގެ އޮފީސްތަކަށް ޒިޔާރާތްކުރަން ފަށާނެކަމަށާއި، މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރައްވާނެކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: