ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިގާލީ މަރުހަލާގެ ރޫހާއި ހިލާފު ކަންތައްތައް ހިންގަން އުޅޭ އަޑުއިވުމުން ކަންބޮޑުވޭ: ފިރުޒުލް

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުއްﷲ ހަލީލް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އިންތިގާލީ މުއްދަތުގެ ރޫހާއި ހިލާފު އަމަލުތައް ހިންގަން އުޅޭކަމުގެ އަޑުތައް ފެތުރެމުން ދިއުމާއި މެދު ކަންބޮޑުވާކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ޓްރާންސިޝަނަލް މުއްދަތުގައި މަގާމުތަކަށް މީހުން އައްޔަނު ކުރުމާއި، ލިޔެކިއުންތަކަށް ބަދަލު ނުގެނައުމަށް އިރުޝާދު ދީފައި ވަނިކޮށް އެފަދަ މައްސަލަތައް ފާހަގެކުރެވިފައިވާކަމަށް ފިރުޒުލް ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. އިންތިގާލީ މަރުހަލާގެ ރޫހާއި ހިލާފު ކަންކަން ފެނުމަކީ ކަންބޮޑުވާކަމެއްކަން ފާހަގަކޮށް ފިރުޒުލް ވިދާޅުވީ މިއީ އަދި ލިބެމުންދާ ޝަކުވާތަކެއްކަމުން އެކަން ކަށަވަރު ކުރެވޭނީ އެ އޮފީސްތަކަށް ގޮސް އެ މަސައްކަތްތައް ބެލުމުން ކަމަށެވެ.

ސްޓެލްކޯގެ މައި އިމާރާތުގައި އިންތިގާލީ އޮފީސް ގާއިމުކޮށްފައިވާއިރު ފިރުޒުލް ވިދާޅުވީ މިހާތަނަށް ކުރަމުންދާ މަސައްކަތުގައި އެއްބާރުލުން ލިބޭ ކަމަށެވެ.

ލިބެމުންދޭ ބައެއްކަހަލަ ހަބަރުތަކާއި މައުޅުމާތުތައް. މިމަރުހަލާގެ ރޫހާ ހިލާފު ކަންތައް ހިގަމުންދާ ކަމަށް. ކިހާވަރެއްގެ ބޭސިސްއެއް ހުރިކަން އެގޭނީ އެތަންތަނަށް ޒިޔާރަތްކުރެވި މަސައްކަތް ކުރެވި ފެށުނީމަ. އެ ހަބަރު ލިބެމުންދާތީވެ ކޮންމެވެސްވަރެއްގެ ކަންބޮޑުވުމެއް އެބަހުރި

ފިރުޒުލް ވިދާޅުވީ ކުރިއަށް އޮތްތަނުގައި މަސައްކަތް ފަށައިގަނެވުމުން އެކަންތައް އެގޮތަށް ތަންފީޒުވާކަން ނުވަތަ ނޫންކަން އެނގިގެންދާނެ ކަމަށެވެ.

އެހެންކަމުން އުއްމީދަކީ ރައީސުލްޖުމްހީރިއްޔާ ދެއްވާފައިވާ އެއްބާރުލުމާއި އެއްގޮތަށް، މުޅި ދައުލަތުގެ ހުރިހާކަމެއްވެސް ކުރެވިގެން ދިއުން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން މުއަސަސާތަކާއި، ކުންފުނިތަކުގެ ލެވެލްގައި ވެސް އެއްބާރުލުން އެދޭ ކަމަށާއި، އިދާރާތަކުންވެސް މި މަރުހަލާގެ ކަންތައްތައް ފުރިހަމަ ކުރުމަށް އެއްބާރުލެއްވުންދެއްވަމުން ގެންދަވާނެ ކަމަށް ވަރަށްބޮޑަށް އެދޭ ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: