ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމަނުޖެހުންތަކުން ރައްކާތެރިވުމަށް މަސައްކަތްކުރާ ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުން ހަމަލާދެނީ!

މިސްރަށް ދިއުމަށް މަސައްކަތްކުރި ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާއެއްގެ މަންޒަރު: ފޮޓޯ/ ސޯޝަލްމީޑީއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ދުރުވުމަށާއި އިސްރާއީލުގެ ސަރުކާރުން ދެމުންދާ ވައިގެ ހަމަލާތަކުން ސަލާމަތްވުމަށް މިސްރަށް ދިއުމަށް މަސައްކަތްކުރި ޕަލަސްތީނުގެ ރައްޔިތުންނަށް ބޮމުގެ ހަމަލާތައް އަމާޒުކުރަމުންދާކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން އިސް ނަގައިގެން ޕަލަސްތީނުގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުމަކަށް ގެނައުމަށް އަލް އަގްސާ ސްޓޯރމްގެ ނަމުގައި އޮޕަރޭޝަނެއް ފެށުމާއިއެކު، އުފެދިފައިވާ ކޮޅިގަނޑުގެ ތެރޭގައި އިސްރާއީލުގެ ސަރުކާރުންދަނީ ޣައްޒާގައި އާންމުން ދިރިއުޅޭ ސަރަހައްދުތަކަށްވެސް ބޮމުގެ ހަމަލާތައް ދެމުންނެވެ. އެ ގައުމުގެ ބޮޑުވަޒީރު ވަނީ އެ ސަރަހައްދު ވަށާލައިގެން ހަމަލާދިނުމަށް އަމުރުކޮށްފައިކަމަށްވާއިރު، އިސްރާއީލުގެ ޑިފެންސް މިނިސްޓަރުވަނީ ކަރަންޓާއި ފެން އަދި ހަކަތަ ލިބޭނެ މަގުތައް ބަންދުކުރާނެކަމުގެ އިންޒާރު ދީ އެކަމުގެ އަމަލީ މަސައްކަތްތައްވެސް ފަށާފައެވެ.

މީޑިއާތަކުން ބުނާގޮތުން، ފަލަސްތީނުގެ ބައެއް ރައްޔިތުންވަނީ ޣައްޒާއިން މިސްރަށް ދިއުމަށް މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް ޣައްޒާއިން މިސްރަށް ދިއުމަށް އޮންނަ ރަފާ ކިޔާ ސަރަހައްދެއް މެދުވެރިކޮށް ޣައްޒާއިން ނުކުތުމަށް މިސްރާބު ޖަހާފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުން ވައިގެ ހަމަލާތައް އަމާޒުކުރަމުންދާކަމަށާއި ސަރަހައްދު ދޫކޮށް ނުދެވޭނެ ގޮތަށް ހުރަސް އަޅަމުންދާކަމަށް ބުނެފައިވެއެވެ.

ރަފާ ބޯޑަރ ކްރޮސިންގްއަކީ އިންސާނީ އެހީ ފޯރުވުމުގެ ގޮތުން، ރެޑް ކްރެސެންޓު ފަދަ ޖަމާއަތްތަކުން ބޭނުންކުރާ މަގެކެވެ. މީޑިއާތަކުން ބުނާގޮތުން އެއީ މިވަގުތު ޣައްޒާއިން ނުކުމެވެން އޮތް ހަމައެކަނި މަގެވެ. އިސްރާއީލުން އެ ސަރަހައްދަށް ބޮމުގެ ހަމަލާތައް ދޭން ފަށާފައިވަނީ އެ ގައުމުގެ ޑިފެންސް މިނިސްޓަރު ސަރަހައްދު ބަންދުކޮށްގެން ހަމަލާތައް ދިނުމަށް އަމުރުކުރުމާއި ގުޅިގެންނެވެ.

އެ އަމަލަކީ ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން މަނާކުރެވިފައިވާކަމެއްކަމަށްވާއިރު، އދގެ ހައިކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސްއިންވެސްވަނީ އެ ކަން ސާފުކޮށް ތަކުރާރުކުރައްވާފައެވެ. ފަލަސްތީނުގެ ރައްޔިތުން އެ ސަރަހައްދު ދޫކޮށް މިސްރަށް ދިއުމަށް މަސައްކަތްތައް ފަށާފައިވަނީ އިސްރާއީލުން އެ ސަރަހައްދު ހުސްކުރުމަށް ދިން އިރުޝާދާއި އެއްގޮތަށެވެ. ބައެއް މީޑައާތަކުން ބުނާގޮތުން މީގެ ކުރިންވެސް އިސްރާއީލުން މިފަދަ އަމަލުތައް ހިންގާފައިވެއެވެ.

ހަމާސް އަދި އިސްރާއީލުގެ ސަރުކާރު ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ތެރޭގައި އިސްރާއީލުންދަނީ ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން މަނާކުރެވިފައިވާ އަމަލުތައްވެސް ހިންގަމުންނެވެ. އެގޮތުން ފެނާއި ކަރަންޓު ކަނޑާލުމަށް އަމުރުކުރުމާއި މަނާ ބާރުގަދަ ހަތިޔާރުގެ ބާވަތްތައް ބޭނުންކުރުން އަދި އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް އިންޒާރެއް ދިނުމެއް ނެތި ބޮމުގެ ހަމަލާތައް ދިނުމާއި ސިއްހީ ހިދުމަތްތައް ދިނުމަށް ހުރަސް އެޅުން އަދި ހޮސްޕިޓަލް ފަދަ ތަން ތަނަށް ހަމަލާދިނުން ފަދަ އަމަލުތައް އެ ގައުމުން ހިންގަމުންދާކަން ފާހަގަކުރެވެއެވެ. މި ހަމަނުޖެހުންތަކުގެ ތެރޭގައި ފަލަސްތީނުގެ އެތައް ނޫސްވެރިޔަކުވެސް ޝަހީދުވެފައިވާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: