ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޣައްޒާ އާއި މުއާސަލާތީ ގުޅުން ކެނޑިދާނެކަމުގެ ބިރުޙީވެއްޖެ!

ޕަލަސްތީނުގެ ރައްޔިތުންތަކަކަށް ފަރުވާދެނީ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއީލުގެ އަސްކަރިއްޔާއިން ޢައްޒާއިން ކަރަންޓުކަނޑާލުމާއިއެކު އެ ތަނުގައި ތާށިކޮށްފައިތިބި ފަލަސްތީނުގެ ރައްޔިތުނާއި މުއާސަލާތީ ގުޅުންތައް ކެނޑި އެކަހެރިވެދާނެކަމުގެ ބިރުހީވެފައިވާކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

މީޑިއާ ރިޕޯޓުތަކުގައިވާގޮތުން ޣައްޒާގައި ތިބި ދެ މިލިއަނަށްވުރެ ގިނަ އަދަދެއްގެ މީހުންނަށްވަނީ އެކަހެރިވެގެންދިއުމުގެ ބިރު ހީވެފައެވެ. އަދި އެއީ އިސްރާއިލުން އެ ސަރަހައްދަށް ހަކަތަ އަދި ކަރަންޓު ނުލިބޭނެ ގޮތަށް ފިޔަވަޅުތައް އަޅާފައިވާތީކަމަށާއި އިސްރާއީލުންވަނީ އެ ސަރަހައްދުގެ މުއާސަލާތީ ހިދުމަތްތައް ދެމުންދާ މައި ދެ ކުންފުންޏެއްގެ އިމާރާތްތަކަށް ބޮމުހެ ހަމަލާ ދީފައިކަމަށް ބުނެފައިވެއެވެ.’

އެ ސަރަހައްދުގައި ހުރި ހަމައެކަނި ހަކަތައް އުފައްދާ ޕްލާންޓުންވެސް ވަނީ ގޭބިސީތަކަށް ދޫކުރާ ކަރަންޓު ދުވާލަކު އަށް ގަޑިއިރާއި ހަތަރު ގަޑިއިރު ދެމެދުގެ ވަގުތަކަށް ކުރުކޮށްފައިކަމަަށާއި މެދުއިރުމަތީގެ ހަނގުރާމަވެރި ޖަމާއެއްކަމަށްވާ ހަމާސްއިން ހަމަލާ ދޭން ފެށުމާއިއެކު ޕްލާންޓުން އެ ފިޔަވަޅު އެޅިކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

މީޑިއާތަކުން ބުނާގޮތުން، ހަމާސްއިން ދިން ފުރަތަމަ ހަމަލާއަށްފަހު އިސްރާއީލުން އެ ސަރަހައްދަށް ބޮން އެޅުން ނުހުއްޓައެވެ. އެކަމުގެ ސަބަބުން އެ ސަރަހައްދަށް ބޮޑެތި ގެއްލުންތައް ލިބި މުޅި އަވަށްތައް އެއްކޮށް ނެތި ދިއުމުގެ ބިރުހީވެފައިވާއިރު، 1055 ފަލަސްތީނުގެ ރައްޔިތުންނާއި އިސްރާއީލުގެ ސިފައިންގެ 1200 ވަރަކަށް މީހުން މަރުވެފައިވާކަމަށް ބުނެފައިވެއެވެ.

ޣައްޒާ ސަރަހައްދުން ކަރަންޓު ކެނޑިގެންދާނެކަމުގެ އިންޒާރު ދީފައިވަނީ އެ ސަރަހައްދަށް ކަރަންޓުގެ ހިދުމަތް ދިނުމާއި ހަވާލުވެފައިވާ މުއައްސަސާއިންނެވެ. އެ މީހުން ބުނެފައިވާގޮތުން ތެޔޮ ހުސްވަމުންދިއުމުން ހަކަތަ އުފެއްދުން ހުއްޓި އެއްކޮށް ޕްލާންޓުން ކަރަނޓު ކެނޑުން ވަނީ ގާތްވެފައެވެ.

މީޑިއާތަކުން ބުނާގޮތުން، މިހާރުވެސް އެކި ސަރަހައްދުތަކުގައި ތިބި މީހުންދަނީ އިންޓަރނެޓު ލިބުމުގައި ދަތިތައް ފާހަގަކުރެވޭކަން ހިއްސކުރަމުންނެވެ. އެއީ އެ ސަރަހައްދަށް އިސްރާއީލުން ދެމުންދާ ވައިގެ ހަމަލާތަކުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ނަތީޖާކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
10%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 75%ވަރަށް ދެރަ 15%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: