ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިނުން ޢައްޒާއަށް އެހީދޭން ފަށައިފި

އައިއޭސީގެ މެމްބަރުން ޢައްޒާގައި އެހީ ދިނުމުގެ މަސައްކަތްތައް ކުރަނީ: ފޮޓޯ/ އައިއޭސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން ހާލުގައިޖެހިފައިތިބި ޕަލަސްތީނުގެ ރައްޔިތުންނަށް އެހީދިނުމުގެ މަސައްކަތްތައް ރާއްޖޭގެ މަދަނީ ޖަމިއްޔާއެއްކަމަށްވާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން(އައިއޭސީ) އިން ފައްޓައިފިއެވެ.

ދިވެހިރާއްޖޭގެ މީޑިއާތަކާއި ގުޅިގެން މަސައްކަތްތަކެއް ރާވާފައިވާ އެއިއޭސީއިންވަނީ އެ ޖަމިއްޔާއިން ކުރެވެމުންދާ މަސައްކަތްތަކުގެ ތަފްސީލީ މައުލޫމާތުތައް ހިއްސާކޮށްފައެވެ. އެ ޖަމިއްޔާއިން ބުނެފައިވާގޮތުން މިވަގުތު އަމަލީ މަސައްކަތްތައް ކުރެވެމުންދަނީ ޣައްޒާ އަދި އެސަރަހައްދުގެ އުތުރުގައެވެ.

އައިއޭސީއިން ބުނެފައިވާގޮތުން، އެ ޖަމިއްޔާއިން ވަނީ 1000 ކާބޯތަކެތީގެ ޕެކެޖާއި 2000 ބްލެންކެޓު ބެހުމަށް ތައްޔާރުކޮށްފައެވެ. އަދި ޣައްޒާގައި މީހުން ރައްކައުތެރިކަން ހޯދުމަށް ވަދެތިބި ހަތަރު ސުކޫލަކަށް 2000 ހޫނު ކާބޯތަކެތީގެ ޕެކެޖު ދިނުމަށްވެސް ކަނޑައެޅިފައިވާކަމަށް ބުނެފައިވެއެވެ.

އޮކްޓޯބަރު 7 ވަނަ ދުވަހު ފެށިގެންދިޔަ ހަމަލާ ބަދަލުކުރުންތަކުގެ ތެރެއިން އައިއޭސީއިން މަސައްކަތްތައް ފުޅާކުރުމުގެ ގޮތުން މީޑިއާތަކާއި ގުޅިގެން ހަރަކާތްތަކެއް ރާވާފައިވާއިރު، އެ ޖަމިއްޔާއިން މީގެ ކުރިންވެސް ޣައްޒާ އަދި ދުނިޔޭގެ އެހިނިހެން ސަރަހައްދުތަކަށްވެސް އެހީދިނުމުގެ މަސައްކަތްތައް ކޮށްފައިވާކަމުގެ މައުލޫމާތު ދީފައިވެއެވެ.

ވަރަށް ގަދަ
30%ވަރަށް ގަދަ 70%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: