ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ތިންބައިކުޅަ ދެބައި ގޮނޑިއާއި އެކު އުންމީދު ކުރަނީ ސުޕަ މެޖޯރިޓީއަކަށް: މުއިއްޒު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

އުންމީދަކީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީއަށް ތިންބައިކުޅަ ދެބައި ގޮނޑިތައް ކާމިޔާބު ކުރެވުންކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ ބޮޑު ތާއީދަކާއި އެކު އިންތިހާބު ކާމިޔާބު ކުރެވުމުން، ރައްޔިތުން ކުރިޔަށް ތިބީ އަލަށް އުފެދޭ ސަރުކާރާއި އެކު ޕީޕީއެމް/ޕީއެންސީ މަސައްކަތްތަކާއި އެކު ކުރިޔަށް ދިއުމަށްކަމަށް މުއިއްޒު ވިދާޅުވި އެވެ. ރައްޔިތުން ބޭނުން ވަނީ ގައުމީ މައްސަލަތައް ހައްލުކޮށް، ސިޔާސީ ހަމަނުޖެހުމުން ދުރުވެ ކުރިޔަށް ދިއުމަށްކަމަށްވުމާއި އެކު އެ ވިސްނުމުގައި މަސައްކަތް ކުރާނީ އިގްތިސާދު ރަނގަޅުކޮށް ރައްޔިތުންގެ އުންމީދުތައް ފުރިހަމަ ކުރުމުގައިކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ބޭނުންވާ ބަދަލު އިތުރަށް ފުރިހަމަ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ދައުރު ބޮޑު ކަމަށެވެ. އެއާއި އެކު ޕީޕިއެމް/ޕީއެންސީގެ މެމްބަރުން މަޖިލީހުގައި ތިބުން މުހިންމުކަމަށް ދެކޭކަމަށާއި  ބާރު ސްޕީޑުގައި މަސައްކަތް ކުރިޔަށް ގެންދިއުމުގައި ކުރިއެރުން ލިބޭނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

އަޅުގަނޑުގެ އަމާޒަކީ ވީހާވެސް ގިނަ މެމްބަރުން ހޮވުން.. ދެން އެންމެ ބޮޑަށް ބޭނުން ވަނީ 3/2 މެޖޯރިޓީއެއް ހާސިލު ކުރެވޭ ވަރަށް މެމްބަރުން ހޮވުން

މުއިއްޒު ވިދާޅުވީ 20 ވަނަ މަޖިލީހަށް ގޮނޑިތައް ވެސް އިތުރުވެފައިވާއިރު އޭގެ ތެރެއިން 60 ގޮނޑި އެއީ ރަނގަޅު އަދަދުކަމަށް ދެކޭ ކަމަށެވެ. އެހެންކަމުން އެންމެން އެކުގައި ގުޅިގެން ކުރާ މަސައްކަތުން ކާމިޔާބީތަކެއް ހާސިލު ކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް މުއިއްޒު ވިދާޅުވި އެވެ.

މަޖިލީހަށް ބޭނުން ވަނީ ރައްޔިތުން ބަލައިގަންނަ އިލްމީ ގާބިލު ބޭފުޅުންކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ އަންހެނުންގެ އަދަދު ވެސް މަޖިލީހުގައި އިތުރުވުމަށް ބޭނުންވާ ކަމަށެވެ. އަދި ކޮންމެ މެމްބަރަކީ ވެސް ކަމަށް ގާބިލު، ތައުލީމީ ބޭފުޅަކަށްވުމާއި މަޖިލީހަށް ކުރިމަތިލުމަށް ބޭނުންވެ އެކަމަށް ފަސް ޖެހޭ ބޭފުޅުންނަށް ވެސް ހިތްވަރުދޭން ބޭނުންވާކަމަށް މުއިއްޒު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: