ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ ސިފައިން ބޭރު ކުރާނަން، ރާއްޖޭގެ ރައްޔިތުންގެ ސްޓޭންޑު ސާފު: މުއިއްޒު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ކުރާ މަސައްކަތް ކާމިޔާބު ކުރެވޭނެކަމަށާއި، އިންޑިއާގެ ސަފީރާއި އެކު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ ރައްޔިތުންގެ ސްޓޭންޑަކީ ކޮބައިކަން ސާފުކޮށްދެއްވާފައިވާނެކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ގައުމުގެ މިނިވަންކަމާއި، އަދި އަވައްޓެރި އިންޑިއާގެ ނުފޫޒާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް މީގެ ކުރިން ވެސް މުއިއްޒު ވަނީ ވާހަކަ ދައްކަވާފަ އެވެ. އަދި ވިދާޅުވީ ގައުމުގެ މިނިވަންކަމަށް ގެއްލުންވާ ގޮތަށް އެކުލަވާލާފައި ހުރި އެއްބަސްވުންތައް ބަލައި ދިރާސާކޮށް އެ އުވާލާނެ ކަމަށެވެ.

ހާރިޖީ ސިޔާސަތުތަކުގެ ދަށުން، މި ސަރުކާރުން އަބަދުވެސް އިސްކަން ދެމުން ދަނީ އިންޑިއާ ކަނޑުގެ ހަމަޖެއުންކަމަށާއި، އިންޑިއާއަކީ އެންމެ ގާތް ގައުމުކަމަށް ފާހަގަކޮށް ރައީސް އިބްރާހިމް ސޯލިހު ވެސް ވާހަކަ ދައްކަވަ އެވެ. އެކަމަށް އިދިކޮޅުން، އަބަދުވެސް ނުރުހުން އަމާޒު ކުރެ އެވެ.

އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބޭ މައްސަލައިގައި މުއިއްޒު މިރޭ ވާހަކަ ދެއްކެވީ ސަންގު ޓީވީގެ “2023 ގެ ރައީސް، ޑރ. މުހައްމަދު މުއިއްޒު” ޕްރޮގްރާމުގަ އެވެ. މުއިއްޒުގެ ވައުދާއި އެއްގޮތަށް އިންޑިއާ ސިފައިން ރާއްޖޭން ފޮނުވާލާނެ ތޯ އާއި އަދި އެއީ ފަސޭހަކަމަކަށް ނުވާނެ ނޫންތޯ ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ އެކަން ކާމިޔާބު ކުރެވޭނެ ކަމަށެވެ. މުއިއްޒު ވިދާޅުވީ ތަފާތު އެކި އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުވުމަކީ އެއީ ފަސޭހަ މަސައްކަތަކަށް ނުވި ނަމަވެސް ސްޓޭންޑު ސާފުކަމަށެވެ. އަދި އެންމެ ފުރަތަމަ ވެސް އިންޑިއާގެ ސަފީރާއި ބައްދަލުވެ ދެއްކެވި ވާހަކައަކީ ވެސް އެއީކަމަށާއި ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ފަދަ ގޮތަކަށް އެއްވެސް ގައުމަކަށް މަސައްކަތް ކުރުމުގެ ޖާގަ ނުދެވޭނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މި މައްސަލައިގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި، ރައްޔިތުންގެ ޝަކުވާތައް އަދި ބޭނުންވާ ގޮތް ވެސް ސަފީރާއި ހިއްސާ ކުރެއްވުމުން އެބޭފުޅުން އެކަން ގަބޫލުކޮށް އެ ވިސްނުމަށް އިހުތިރާމް ކުރެއްވިކަމަށެވެ.

މުއިއްޒު ވިދާޅުވީ މަސައްކަތްތައް ފުރިހަމަ ގޮތުގައި މަސައްކަތް ކުރިޔަށް ގެންދެވުމާއި އެކު ގައުމުގެ އެތެރޭގެ ހަމަޖެހުން ގާއިމު ކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންނާއި ކައިރި ގައުމުތަކުގެ މަސްލަހަތަށް ވެސް އެންމެ ރަނގަޅު ގޮތަކީ ރައްޔިތުންގެ ނިންމުމާއި އެކު ކުރިޔަށް ދިއުން ކަމަށެވެ.

އެހެންކަމުން ކުރިޔަށް ހުރި އެކި ބައްދަލުވުންތަކާއި މަޝްވަރާގެ ތެރެއިން އިންޑިއާގެ ސިފައިން ރާއްޖެއިން ފޮނުވާލުމަށް ކުރާ މަސައްކަތް ކާމިޔާބު ކުރެވޭނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

އަސްލުވެސް ބޭރު ކުރާނަން އިރާދަކުރެއްވިއްޔާ.. ދެން.. ފަސޭހައެއް ނުވާނެ.. އެހެން ނަމަވެސް.. ފަސްޓް އިމްޕްރެޝަންއަކީ ވެސް އަޅުގަނޑާއި ސަފީރު ބައްދަލުވި މީޓިން.. އެބޭފުޅުން ތިއްބެވީ ޕޮޒިޓިވްކޮށް.. އަޅުގަނޑު ވަރަށް ސާފުކޮށް ދެންނެވިން.. އަޅުގަނޑުމެންގެ ސްޓޭންޑު އޮތް ގޮތް.. ރައްޔިތުންގެ ސްޓޭންޑު އޮތް ގޮތް..

އިންތިހާބުގެ ކެމްޕެއިނުގައި މުއިއްޒު ވިދާޅުވީ ފޮރުވިފައި އޮންނަން ޖެހޭ އެއްވެސް އެއްބަސްވުމެއް އޮވެގެން ނުވާނެކަމަށާއި، ތަރައްގީއާއި ގުޅުން ހުރި ކަންކަމުގެ މައުލޫމާތުތައް ސިއްރު ވެގެން ނުވާނެ ކަމަށެވެ. އޭގެ ތަފްސީލުތައް ފޮރުވުމަށްޓަކައި ސަރުކާރުން ކޯޓުތަކާއި ހަމައަށްދާއިރު އެއްވެސް ސުވާލެއް އުފެދެން ޖެހޭފަދަ އަމަލުތަކެއްކަމަށް މުއިއްޒު ވިދާޅުވި އެވެ. ބަލައި ތަހުގީގު ކުރަން ޖެހެނީ މުއިއްޒު ވިދާޅުވި ގޮތުގައި ގައުމުގެ މިނިވަންކަމަށް ބުރޫ އަރާ ގޮތަށް ހުރި އެއްބަސްވުންތަކެވެ. އެކަމަލު ގައުމަށް ފައިދާ ހުރި އެއްވެސް އެއްބަސްވުމެއް އެއީ އުވިގެންދާނެ ނުވަތަ ބާތިލުވެސް ވާނެ އެއްބަސްވުމެއް ނޫންކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާއާއި ދެކޮޅަށް އިދިކޮޅުން ބޮޑު ކެމްޕެއިނެއް ފެށުމުން، މި ސަރުކާރުން ވަނީ ހާއްސަ ގަރާރެއްގެ ދަށުން އިންޑިއާ އައުޓްގެ އެއްވުންތަކަކީ ނަފްރަތު އުފެއްދުމުގެ ހަރަކާތެއްކަމަށް ކަނޑައަޅައި އެކަމުގައި ބައިވެރިވާ މީހުންގެ މައްޗަށް ފިޔަވަޅު އެޅުމަށް އިދާރާތަކަށް އަންގާފަ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: