ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއިއްޒުގެ ނަމުގައި ފޭކު މެސެޖުތަކެއް ދައުރު ކުރަނީ!

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މޮބައިލް ނަމްބަރު ބޭނުންކޮށްގެން އަނެއްކާވެސް ފޭކު މެސެޖުތަކެއް ދައުރު ކުރަމުންދާތީ ޕްރޮގްރެސިވް ކޯލިޝަނުން އެ އަމަލު ކުށްވެރިކޮށްފި އެވެ.

ރިޔާސީ ކެމްޕެއިނުގެ ދުވަސްވަރު ވެސް މުއިއްޒުގެ ނަމުގައި ތަފާތު އެކި ފޭކު މެސެޖުތައް ފޮނުވުމާއި އަދި، އޯޑިއޯތަކެއް ދައުރު ކުރި މައްސަލަ ފެންމަތިވި އެވެ.

މިރޭ ޕީޕީއެމް/ޕީއެންސީން އާންމު ކުރި ބަޔާނެއްގައި ބުނީ އިންތިހާބީ ރައީސްގެ ނަމުގައި އެކި ނަމްބަރުތަކަށް މެސެޖުތައް ފޮނުވައި އެ މީހެއްގެ ސީވީ މެއިލް ކުރުމަށް ބުނަމުން ދާ ކަމަށެވެ. މިއީ ކޮންމެ ބަޔަކު އަޑީގައި ތިބެގެން ހިންގިކަމެއް ނަމަވެސް، ނާތަޒީބު މިފަދަ އަމަލުތަކާއި ދުރުވެތިބުމަށް އެ ކޯލިޝަނުން ވަނީ ގޮވާލާފަ އެވެ.

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައި އެ މަނިކުފާނުގެ މޮބައިލް ނަންބަރުން ދައުރު ކުރަމުންދާ ތަފާތު އެކިއެކި އެސްއެމްއެސްތަކަކީ ޙަޤީޤަތާ ޚިލާފު ފޭކް އެސްއެމްއެސްތަކެކެވެ. މި ކަން ކުރަނީ ކޮންމެ ފަރާތަކުން ނަމަވެސް، މި ފަދަ ނާތަހުޒީބު ޢަމަލުތައް ނުކުރުމަށާއި، އެ ފަދަ މެސެޖެއް ލިބިވަޑައިގެންނެވި ނަމަވެސް އެއަށް ޢަމަލު ނުކުރުމަށް ނަސޭހަތްތެރިވަމެވެ. ނާތަހުޒީބު ފިނޑި މި ޢަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. މި ފުރުޞަތުގައި، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައި ދައުރުކުރަމުންދާ އެސްއެމްއެސްތަކުގެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބައްލަވައިދެއްވައި އެ ކަން ހުއްޓުވުމަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވައިދެއްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ގޮވައިލަމެވެ.

މި މައްސަލަ ބަލައި، މިފަދަ ކުށްތަކުގެ ފަހަތުގައި ތިބޭ ބައެއްގެ މައްޗަށް ފިޔަވަޅު އަޅައދިނުމަށް ވެސް ބަޔާނުގައި ޕީޕީއެމް/ޕީއެންސީން ވަނީ ފުލުހުންނަށް ގޮވާލާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: