މާލޭގައި ހުސްބިންތައް ހުރިނަމަވެސް، އެފަދަ ބިންތައް ހުރީ ސަރުކާރުގެ ކުންފުނިތަކަށް ނުއަގުގައި ދޫކޮށްފައިވާކަމަށް މާލެ ސިޓީގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު (އައިއްކޮ) ވިދާޅުވެއްޖެއެވެ.
ޑިމޮކްރޭޓްސްގެ ހަރުގެ ޖަލްސާގައި ސައިފް ވިދާޅުވީ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމުގައި ވެސް މިދަފަ ކަންކަމަށް ބަލަންޖެހޭ ކަމަށެވެ. މުޅި މާލެއަށް ހައްލު ހޯދެން އޮތީ އެފަދަ ބިންތައް އަތުލައިގެންކަމަށް އޭނާ ވިދާޅުވި އެވެ.
އަމީނީ މަގުގައި ހުރި ބިންތައް ވެސް އެފަދަ ހާލަތެއްގައި އޮތް އިރު މިއީ ހައްލު ބޭނުންވާ މައްސަލައެއްކަމަށް އޭނާ ވިދާޅުވި އެވެ.
މާލެ ނަޖިސްވުމާއި ސާފްތާހިރުކަން ގެއްލިފައި ވަނީ ތޮއްޖެހުން އިތުރުވެފައިވާތީކަން ފާހަގަކޮށް ސައިފް ވިދާޅުވީ ދެ ގެ ދޭތެރޭގައި ވަޑާންކުރުންފަދަ މަސައްކަތަކާއި، އެހެނިހެން މަސައްކަތްތައްވެސް މާލޭގައި ކުރާ ކަމަށެވެ.
ކުންފުނިތަކަށް ދޫކޮށްފައިވާ ބިން އަތުލއި މާލެ ބޮޑުތަނަކަށް ހަދާލެވޭނެ ކަމަށާއި، އެގޮތަށް އެކަންވެއްޖެނަމަ މާލެ ނަޖިހުން ސަލާމަތްވެ ރޯގާތަކާއި އެހެނިހެން ބަލިމަޑުިކަމުންވެސް ސަލާމަތް ވާނެކަމަށް އޭނާ ވިދާޅުވި އެވެ.
މުޅި މާލެ ތެރޭގައި ބަލިތައް އިތުރުވެ ބަލިތަކުން އަރައިގަނެވޭނެ ގޮތެއްނެތި ތިބި ވިސްނުމަށް ބަދަލުތަކެއް އަންނަންޖެހޭ ކަމަށްވެސް ސައިފު ވިދާޅުވިއެވެ.
މިއީ އިންޑަސްޓްރިއަލް ޒޯންތަކާއި އެއްގޮތަށް މާލެ، މަސައްކަތުގެ މާހައުލަކަށް ބަދަލުވެފައި އޮތުން ދިމާވާ ކަންތައްތައްކަމަށާއި، މާލެ ތެރެއިން މަސައްކަތްތައް ބޭރުކުރެވޭ އުސޫލު އެއީ މާލެއަށް އެންމެ ބޭނުންވާ އެންމެ މުހިންމު ކަންތައް ކަމަށެވެ. މާލެ އޮތީ ދެ ގެ ދޭރޭގައި ވަޑާންކުރުންފަދަ މަސައްކަތްތަކަށް ހުޅުވުފައި ކަމަށްވެސް ސައިފު ފާހަގަކުރެއްވިއެވެ.
އިތުރަށް ސައިފު ފާހަގަކުރެއްވީ ޑިމޮކްރޭޓުންތިބީ މާލެ ތަރުތީބު ކުރަން ކަމަށާއި، މާލެ އޯގަނައިޒްކޮށް މާލެ ބައްޓަންކުރެވޭނީ ވެސް ޑިމޮރޭޓުންނަށް ކަމަށެވެ.
ސައިފް ވިދާޅުވީ ކުރިއަށް އިންތިހާބުތަކުގައި ސިޔާސަތު ތަކާއި އެކު ނުކުމެ މާލެ އަމާންތަނަކަށް ހެދުމަށް މަސައްކަތް ކުރެވޭނެ ކަމަށެވެ.

