ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިރާއިން ވިޔަފާރިތަކަށް ޒިޔާރަތްކުރަން ނިންމައިފި

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޓީމުތަކުން މާލެއާއި މީރާގެ އޮފީސްތަށް ގާއިމްކޮށްފައި ހުންނަ ރަށްރަށުގެ ވިޔަފާރިތަކަށް ޒިޔާރާތްކުރަން ނިންމައިފިއެވެ.

ރަށްރަށުގައި ގާއިމްކޮށްފައިވާ ވިޔަފާރިތަކަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވަނީ މިއަދު މީރާއިން ކުރިއަށް ގެންދާ ”ކޮމްޕްލަޔަންސް ޑޭ“ ގެ ހަރަކާތުގެތެރެއިންނެވެ.

މީރާއިން މި ހަރަކާތް ހާއްސަކޮށްފައިވަނީ އެ އޮތޯރިޓީއިން ކުރިއަށް ގެންދާ “ ފަންސައާހި“ ކެމްޕެއިންގެ ދަށުންނެވެ. އަދި ޓެކްސް ދައްކާ ފަރާތްތަކުން ސުންގަޑިއަށް ޓެކްސް ބަޔާން ހުށައެޅުމުގައި ދިމާވާ ދަތިތައް ދެނެގަނެ އެކަންކަމަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް މީރާއިން މައުލޫމާތު ދީފައިވެއެވެ.

”ފަންސައާހި“ ކެމްޕެއިންގެ މަގުސަދަކީ މީރާއަށް ހުށަހަޅަންޖެހޭ ޓެކްސް ބަޔާން ސުންގަޑިއަށް ހުށަހަޅާ މިންވަރު އިތުރުކުރުުން ކަމަށް އެ އޮތޯރިޓީއިން ބުނެފައިވެއެވެ. ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުން، ޓެކްސް އިދާރާގެ ރެކޯޑްތަކުގައި ޓެކްސް ދައްކައި ފަރާތަކީ ޓެކްސްގެ ގާނޫނުގެ ދަށުން އާދާކުރަންޖެހޭ ކަންކަން އަދާކުރާ މީހެއް ގޮތުގައި ފާހަގަ ވެގެންދާނެކަމަށް މީރާއިން މައުލޫމާތުދެއްވިއެވެ. އަދި ”ކޮމްޕްލަޔަންސް ސްކޯ“ ރަނގަޅުވެ މީރާއިން ޓެކްސް ދައްކާ ފަރާތްތަކަށް ދޭ ލުއިތަކުގެ ތެރޭގައި އެ މީހުންނަށް އިސްކަން ދެއްވާނެ ކަމަށްވެސް އެ އޮތޯރިޓީއިން ބުނެފައިވެއެވެ.

އެހެންކަމުން ޓެކްސް ދައްކާ ފަރާތްތަކުން ސުންގަޑިއަށް ޓެކްސް ބަޔާން ހުށައެޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މީރާއިން އިލްތިމާސްކޮށްފައިވެއެވެ. އަދި ޓެކްސް ބަޔާން ހުށައެޅުމުގައި އެހީތެރިކަން ބޭނުންވާނަމަ މީރާއިން މިއަދު ހިންގާ ހަރަކާތުގެ ތެރެއިން އެ އޮތޯރިޓީގެ ޓީމުތަކުގެ އެހީތެރިކަން ހޯއްދަވަން މީރާއިން ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: