އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި މެދު ގޮތެއް ނިންމާނީ، މިވަގުތު އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު ހުށަހަޅުއްވާފައިވާ އިސްލާހާއި މެދު ގޮތެއް ނިމުމުންކަމަށް ޑިމޮކްރެޓްސްގެ އިންޓަރިމް ޗެއާ ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޖެނުއަރީ މަހު އިއުލާނުކޮށް، ވޯޓުލުން އޮންނާނެކަމަށް ބެލެވެނީ އަންނަ އޭޕްރިލް މަހު އެވެ. އާބާދީގެ ނިސްބަތުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރާ މެމްބަރުންގެ އަދަދު އިތުރުވުން ހުއްޓުވައި، ހަރަދުތައް ކުޑަކުރުމަށް އިލްޔާސް މަޖިލީހަށް ބިލެއް ހުށަހެޅުއްވީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.
ގާނޫނުއަސާސީގެ 71 މާއްދާގައިވާގޮތުން ރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީކޮށްފައިވާ އާބާދީގެ 5000 މީހަކަށް ނުވަތަ 5000 ހަމަ ނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެމްބަރުން ކަނޑައަޅަން ޖެހޭނެ އެވެ. އަދި އިދާރީ ދާއިރާއެއްގައި 500 މީހުންނަށް ވުރެ އިތުރުވާނަމަ، އާބާދީގެ ފުރަތަމަ 5000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5000 މީހަކަށް މެމްބަރެއް ހުންނަންވާނެކަމަށް ވެއެވެ.
އާބާދީ އިތުރުވި ނިސްބަތަށް ބަލައި އަންނަ އަހަރު ބާއްވާ މަޖިލީހުގެ އިންތިހާބުގައި 9. މެމްބަރުން އިންތިހާބު ކުރަން ޖެހެ އެވެ.
ގާނޫނުއަސާސީގެ 71 ވަނަ މާއްދާއަށް އިލްޔާސް ހުށަހެޅި އިސްލާހުގައި ވަނީ މަޖިލީސް އެކުލެވިގެން ވަނީ 76 މެމްބަރުންގެ މައްޗަށްކަމަށް ކަނޑައެޅުމަށެވެ. އަދި ބަރުލަމާނީ ނިޒާމުގެ ސިފަތައް އެކުލެވޭ އެހެން ސިފަތަކެއް ވެސް ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި މަޖިލީހަށް މެމްބަރުން އިންތިހާބު ކުރުމުގައި ވަކި އުސޫލުތަކެއް ކަނޑައެޅުމާއި އެކި ގޮނޑިތައް ހާއްސަ ކުރުން ހިމެނެ އެވެ.
މަޖިލީހަށް ވާދަކުރާނެކަން އިއުލާނުކޮށް، ކެމްޕެއިންތައް މެމްބަރުން ފަށާފައިވާއިރު ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ޕްރައިމެރީއެއް ވެސް ބާއްވާނެ އެވެ. އަދި އިންތިހާބަށް ޑިމޮކްރެޓްސްގެ ވިސްނުމަކީ ކޮބައިތޯ ސުވާލު ކުރުން ހަސަން ވިދާޅުވީ މަޖިިލިސް އިންތިހާބުގައި ޑިމޮކްރެޓްސް އަމަލު ކުރާނެ ގޮތެއް އަދި ނުނިންމާ ކަމަށާއި، ޕާޓީގެ ކައުންސިލުން ގޮތެއްނިންމުމަށް ވަގުތު ބޭނުންވާ ކަމަށެވެ.
މަޖިލިސް އިންތިހާބާއި ގުޅޭގޮތުން އެހެން ޕާޓީތަކުގެ ވިސްނުން ހާމަކުރަމުންދާއިރު، ދާދިފަހުން ”ސަަންގު ޓީވީ“ އަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އުންމީދަކީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީއަށް ތިންބައިކުޅަ ދެބައި ގޮނޑި ކާމިޔާބުކޮށް ސުޕަ މެޖޯރިޓީ ލިބުން ކަމަށެވެ.
މީގެއިތުރުން އެމްޑީޕީ ވަނީ އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރާނެކަން ހާމަކޮށްފަ އެވެ. އަދި އަދާލަތު ޕާޓީން ނިންމީ ފަސް ގޮނޑިއަށް ވާދަކުރުމަށެވެ.
ޖުމްހޫރީ ޕާޓީ (ޖޭޕީ) ވެސް ދަނީ މަޖިލިސް އިންތިހާބުގެ މަޝްވަރާ ކުރަމުންނެވެ.
މަޖިލީސް އިންތިހާބަށް ގޮތްނިންމަން އަދި ވަކިތާރީހެއް ދަންނަވާކަށް ނޭގޭ. މަޖުލީހަށް އެބައޮތް އިސްލާހެއްވެސް ހުށައަޅާފައި. އަދި މިކަމާއި ގުޅޭގޮތުން ޕާޓީތަކުންވެސް މަޝްވަރާ ކުރާނެ. 87 ގޮނޑި އޮއްވާ 93 ގޮނޑިއަށް ބަދަލު ކޮށްގެން އިލެކްޝަނުން އިންތިހާބު ބާއްވާނެ ވާހަކަ އެދައްކަނީ
ޑިމޮކްރޭޓްސް ޕާޓީން ބުނީ މަޖުލީހަށް ހުށައަޅާފައިވާ އިސްލާހަށް ބަހުސް ކުރެވި ވަކި ގޮތަކަށް ހައްލު ލިބެން ޖެހޭ ކަމަށާއި، ގޮނޑިތައް އިތުރުވުމަކީ ރަނގަޅުގޮތެއްނޫން ކަމަށެވެ. އެހެންކަމުން ޑިމޮކްރޭޓްސްއިން ގޮތް ނިންމާނީ އިލްޔާސް ލަބީބު މަޖުލީހަށް ހުށައަޅާފައިވާ އިސްލާހާއި ގުޅޭގޮތުން ގޮތެއް ނިންމުމަށްފަހުގައި ކަމަށްވެސް ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ.
17 ވަނަ ރައްޔިތުންގެ މަޖުލީހުގައި ތިއްބެވީ 72 މެމްބަރުންނެވެ. 19 ވަނަ ރައްޔިތުންގެ މަޖުލީުގައި ތިއްބެވީ 87 މެމްބަރުންނެވެ. ކުރިއަަަށް އޮތް ރައްޔިތުންގެ މަޖލީހުގެ ދާއިރާތައް އިތުރުބެފައިވާއިރު، ދެން މަޖުލީހުގައި ތިއްބަވާނީ 93 މެމްބަރުން ކަމަށް އިލެކްޝަން ކޮމިޝަނުން ނެރުނު އިންތިހާބާއި ގުޅޭ އާންމު ރިޕޯޓްގައިވެއެވެ.

