ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޣައްޒާ ދޫކޮށް ހިޖުރަކުރުމަށް ބުނުން ކުށްވެރިކުރަން: ޕޫޓިން

ޜަޝިއާގެ ރައީސް ވްލެޑިމިއަރ ޕޫޓިން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޕަލަސްތީނުގެ ރައްޔިތުންނަށް ޣައްޒާ ދޫކޮށް ދިއުމަށް އިސްރާއީލުން ބާރު ޢަޅައި މަޖުބޫރުކޮށް ބިރުދެއްކުން ރަޝިއާގެ ރައީސް ވްލެޑިމިއަރ ޕޫޓީން ކުށްވެރިކުރައްވައިފިއެވެ.

މެދު އިރުމަތީގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހަމާސްއިން އިސްރާއިލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ލާއިންސާނީ އަނިޔާތައް ނިމުމަކަށް ގެނައުމަށްޓަކައި ހަމަލާ ދޭން ފެށުމާއިއެކު އިސްރާއީލުންދަނީ އެކަމުގެ ޖަވާބެއްގެ ގޮތުގައި ފަލަސްތީނުގެ އާންމުން ދިރިއުޅޭ ތަންތަނަށްވެސް ބޮމުގެ ހަމަލާތައް ދެމުންނެވެ. ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ސުންނާފަތިވެފައިވާ ޣައްޒާ ދޫކޮށް ދިއުމަށް ބުނެފައިވުމަށް ޕުޓިންވަނީ ފާޑުވިދާޅުވެފައެވެ. ރިޕޯޓުތަކުގައިވާގޮތުން އޭނާވަނީ ޣައްޒާއަކީ ފަލަސްތީނުގެ ރައްޔިތުންނަށް މުހިންމު ބިމެއްކަން ފާހަގަކުރައްވާފައެވެ.

އޭނާ ވިދާޅުވީ، އެއީ ފަލަސްތީނުގެ ބިމެއް ކަމަށާއި އެތަނުގައި މިނިވަން ދައުލަތެއް އެކުލަވާލެވޭއިރު އެ ސަރަހައްދު ފަލަސްތީނުގެ ބިމުގެ ގޮތުގައި ހިމެނޭނެކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. މީޑިއާތަކުން ބުނާގޮތުން މިހާރު ޣަައްޒާގައި ހިނގަމުންދަނީ އެންމެ ނުރައްކާތެރިކަމާއި ކުރިމަތިލާންޖެހިފައިވާ ފަހަރުކަމަށް މިސްރުގެ ސަލާމަތީ ހިދުމަތްތަކުގެ ބައެއް އޮފިޝަލުން ދެކެއެވެ. އަދި ރޭވުމެއްގެ ތެރެއިން ފަލަސްތީނުގެ ބިންތައް އަތުލުމުގެ ވިސްނުންތައް ގެންގުޅޭކަމަށް ފެނިގެންދާކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: