ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ސިޓީ ކައުންސިލަށް ކުރިމަތިވި ދަތި އުނދަގޫތައް ފިލައިފި: ނަރީޝް

މާލެ ސިޓީ ގެ ޑެޕިއުޓީ މޭޔަރ ނަރީޝް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލް ހިންގުމަށް ދިމާވެފައިވާ ދަތި އުނދަގޫތަކަކީ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ޒައާމަތުގައި އެއްކޮށް ނެތި ގޮސްފައިވާ އުނދަގޫތަކަށް ހައްދަވާދެއްވާނެ ކަމުގެ އުއްމީދު ކުރައްވާ ކަމަށް، މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ ޒިންމާ ވަގުތީ ގޮތުން ހަވާލުވެ ވަޑައިގެން ހުންނެވި، އަދި އެ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

މާލެ ސިޓީގެ 4 ވަނަ ދައުރުގެ މޭރަޔު ކަމާއި މިހާރުގެ  އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހަވާލުވީ 2021 ވަނަ އަހަރުގެ މޭ މަހުގެ 17 ވަނަ ދުވަހުއެވެ. މާލޭގެ ތަރައްގީއާއި މާލޭ އަމާން ކަމަށް، އެ ކައުންސިލުން ބާރުވެރިކަމުގެ ދަށުން ގިނަގުނަގުނަ މަސައްކަތް ކުރެއްވުމަށް ޕްލޭންތަކެއް ވަނީ ހެދިފަވެއެވެ.

ޑރ. މުއިއްޒުގެ މޭސްތިރިކަމުގެ ދަށުން މާލެއަށް އިދާރީ ގޮތުން ޓެކްނިލޮޖީ ފަހިވެގެންދިޔައިރު، މިސްކިތްތަކާއި، ޕާކްތަކްތައް ޒީނަތްތެރިވެ މާލެ ފެހިވެގެން ދިޔައެވެ.

ތަރައްގީގެ މަސައްކަތްތައް ކުރެއްވުމުގައި މާލެ ސިޓީ ކައުންސިލަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހުނުކަމަށް ޑރ. މުއިއްޒުވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އެހެންކަމުން އެންމެ ބޭނުވި ކަންތައްތަކެއް ކައުންސިލްގެ ދައުރުގައި މާލެ އަށް ނުކުރެވުނު ކަމަށާއި، ނަމަވެސް ކުރެވިފައިވާ ކަންތައްތަކަކީ ގޮންޖެހުންތަކާއި ހުރަސްތަކާއިއެކު ކުރެވިފައިވާ ކަންތައްތަކެއް އޭރު ވިދާޅުވިއެވެ.

މާލެ ސިޓީ މޭޔަރު ކަމުގެ މަގާމުގައި ހުންނަވާ ޑރ. މުއިއްޒު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކޮށް އިންތިހާބު ވަނީ ކާމިޔާބުކޮށްފައެވެ. މިވަގުތު އިންތިހާބީ ރައީސް ކަމުގެ މަގާމުގައި ހުންނަވާ މާލެ ސީޓީ ކައުންސިލްގެ މުއައްޒަފުުންނާއި މިރޭ ވަނީ ބައްދަލުވެސް ކުރައްވާފައެވެ.

އެ ބައްދަލު ވުމުގައި ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ މޭޔަރު ނަރީޝް ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގައި އިންތިހާބުފެފައި ތިއްބެވި ހުރިހާ ކައުންސިލަރުން ދެކެމުން އައި ހުވަފެނުގައި ކުލަޖައްސަވާނެ ރައީސަކީ ޑރ. މުއިއްޒުކަމުގައި އެ ކައުންސިލުން އުއްމީދު ކުރައްވާ ކަމަށެވެ.

ނަރީޝް ވިދާޅުވީ ޔަގީން ކުރައްވަނީ މިއަދު ޑރ. މުއިއްޒު މާލެ ސިޓީ ކައުންސިލާއި ވަކިވެދިޔަ ކަމުގައި ވީނަމަވެސް މި ގައުމުގެ ޒައާމަތުގައި އެމަނިކުފާނު ހުންނަވާ ކޮންމެ ދުވަހަކީ މާލެ ސިޓީ ކައުންސިލްގައި ތިއްބެވި ކައުންސިލަރުންނަށާއި، ކޮންމެ މުއައްޒަފަކަށް ވެސް ލިބޭ ބޮޑު ހިންހަމަޖެހުމަކަށް ވެގެން ދިއުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: