ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލާމަރުކަޒީ ނިޒާމު ތަންފީޒު ކުރަން ސަރުކާރުން ފުރުސަތު ނުދޭ: މުއިއްޒު

މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީގައި ލާމަރުކަޒީ ފުރިހަމައަށް ތަންފީޒު ނުވާކަމަށާއި، އެ ފުރުސަތު ވެސް ސަރުކާރުން ނުދޭކަމަށް ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރ މުއިއްޒު މިފަދައިން ވިދާޅުވީ ސަންގު ޓީވީގެ “ޚަބަރަށް ފަހު” ޕްރޮގްރާމުގައި މާލެސިޓީގެ އިހުތިސާސްގެ ދަށުގައިވާ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެސިޓީ ކައުންސިލާއި ހަވާލު ކޮށްފައިނުވާތީ ކަންބޮޑުވުން ފާޅުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މޭޔަރ މުއިއްޒު ވިދާޅުވީ މާލެ ސިޓީގެ އަވަށެއް ކަމުގައިވާ ހުޅުމާލޭގެ ވަރަށް މަދު ކަމެއް ނޫނީ މާލެ ސިޓީ ކައުންސިލާއި ހަވާލުކޮށްފައިނުވާ ކަމަށެވެ. އެގޮތުން މާލެ ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވަނީ ވައިޓަލް ސާރވިސް ފޯރުކޮށްދިނުމާއި ސަހަރާ އަދި މިސްކިތްތައް ބެލެހެއްޓުން ފަދަ މަދު ކަންކަން ކަމަށެވެ.

މިސާލަކަށް ހުޅުމާލޭގައި އަމިއްލަ ފަރާތަކުން މިސްކިތެއް ހަދާފާނެ. އަޅުގަނޑުމެންނަށް ސަރުކާރުން އަންނާނީ ސިޓީއެއް މިހާރުން ފެށިގެން މިސްކިތާއި ހަވާލުވާށޭ. ނާންނާނެ މިކަމާއި ގުޅިގެން ބަޖެޓް އިމްޕްރޫވްމަންޓެއް. އެއާއި ގުޅިގެން މީހުން ނަގާކަށް ވެސް. އެހެން ހަމަ ހުރިހާ ކަމެއް ވެސް މިދަނީ

މުއިއްޒު އިތުރަށް ވިދާޅުވީ ސަރުކާރުގެ އެއްބާރުލުން މާލެ ސިޓީ ކައުންސިލަށް ނުލިބެނީ ވަރަށް ކުދިކުދި ކަންކަމުގައި ކަމަށާއި އެއީ ސަރުކާރުގެ ތެރޭގައި ހައްލުވާނެ ޖެހޭނެ ކަންކަން ކަމަށެވެ.

މާލެސިޓީގެ އިޙްތިޞާސްގެ ތެރޭގައި މާލެ، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭއިރު ދެ ކަމެއް ފިޔަވާ ހުޅުމާލޭގެ މުނިސިޕަލް ކަންކަން ބަލަހައްޓަމުންދަނީ ސަރުކާރުގެ ކުންފުނި އާބަންކޯ އިންނެވެ. މިކަމާއި ގުޅިގެން މީގެ ކުރިންވެސް މާލެސިޓީގެ މޭޔަރ ޑރ. މުޢިއްޒު އާއި ހުރިހާ ކައުންސިލަރުންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެހެންނަމަވެސް އަދިވެސް މިކަމަށް ހައްލެއް ލިބިފައިނުވެއެވެ.

މުއިއްޒު ވިދާޅުވީ މާލެ ސިޓީގެ ލޭންޑް ޔޫސް ޕްލޭން ފާސްކޮށްނުދީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން ވަނީ ލާމަރުކަޒީ ނިޒާމްގެ ބާރު ކަނޑާލާފައި ކަމަށާއި އެކަމުގެ ސަބަބުން މާލޭގެ ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ކައުންސިލުން ދޭންޖެހޭ ހިދުމަތްތައް ދިނުމުގައި ހުރަސްތަކެއް ކުރިމަތިވަމުން އަންނަ ކަމަށެވެ.

ހައުސިންގ މިނިސްޓްރީ އާއި ސިޓީ ކައުންސިލް ގުޅިގެން ހުށަހެޅި އެއްވެސް ކަމަކަށް އެއްބާރުލުން ނުދީ ލޭންޑް ޔޫސް ޕްލޭން ފާސްކޮށްނުދީ އެއް އަހަރު ހޭދަވެގެން ގޮސްފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން މާލޭގެ ރައްޔިތުންނަށް ބޭނުންޖެހިފައިވާ މަސައްކަތްތަކަށް ހުރަސް އެޅިފައިވާ ކަން މުއިއްޒު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: