ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޓީ ކައުންސިލުން ޔޫތު މިނިސްޓްރީގެ މުދަލަށް އަރައިގެންފައިވާކަމަށް ތުހުމަތުކޮށްފި

ސިޓީ ކައުންސިލުގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު އަދި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލުން ހުއްދަ ނެތި ޔޫތު މިނިސްޓްރީގެ މުދާތައް ނަގާފައިވާކަމަށް ފާހަގަކުރައްވާ މިނިސްޓަރު އަހުމަދު މަހްލޫފް ނުރުހުން ފާޅުކުރައްވައިފިއެވެ.

ޔޫތު މިނިސްޓްރީގެ ބިމެއްގެ ތެރޭގައި ހުރި ގުދަނަކަށް މާލެ ސިޓީ ކައުންސިލުގެ މުއައްޒަފުން ވަދެފައިވާ މައްސަލައިގައި މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވީ، ކައުންސިލުގެ މުއައްޒަފުންވަނީ ހުއްދައެއް ހޯދުމެއްނެތި، އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ގުދަނެއްގެ ތަޅު ހަލާކުކޮށްލާފައިކަމަށެވެ. އަދި އެއަށްފަހު އެތަނުގައި ގުދަންކޮށްފައިހުރި އަގުބޮޑެތި ސާމާނުތައް ކައުންސިލުން ގެންގޮސްފައިވާކަމަށް މަހްލޫފް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ސިޓީ ކައުންސިލުން ހިންގަމުންދާ އަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލައްވާކަމަށެވެ. މަހްލޫފް ވިދާޅުވީ، ކައުންސިލުން ގެންގޮސްފައިވާ އެ މިނިސްޓްރީގެ ތަކެތީގެ ތެރެއިން ގެއްލޭ އަދި ހަލާކުވާ ތަކެއްޗަށް ޒިންމާ ނަގަންޖެހޭނީ ސިޓީ ކައުންސިލުންކަމަށެވެ.

މިނިސްޓަރުގެ ވާހަކަތަކާއި ގުޅިގެން ސިޓީ ކައުންސިލުންވަނީ ކައުންސިލުގެ ރަސްމީ ޓްވީޓާރ މެދުވެރިކޮށް ރައްދު ދީފައެވެ. ކައުންސިލުން ބުނެފައިވާގޮތުން އެ ކައުންސިލަކުން ގާނޫނު އަދި ގަވައިދުތަކާއި ހިލާފު އެއްވެސް އަމަލެއް ހިންގާފައިނުވާނެއެވެ. އަދި ނުވެސް ހިންގާނެއެވެ. އެހެންނަމަވެސް މި މައްސަލަ ހިނގައިދިޔަ ގޮތް ބަލާނެކަމަށާއި އެ މައްސަަލައިގެ ތަފްސީލުތައް ހާމަކުރާނެކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: