ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭ ސިޓީ ކައުންސިލްގެ ޒިންމާ ތައް ޑެޕިއުޓީ މޭޔަރާއި ހަވާލުކޮށްފި

މާލެ ސިޓީ ކައުންސިލްގެ އާއްމު ޖަލްސާ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސިޓީ ކައުންސިލްގެ ޒިންމާތައް، ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ ޒިންމާތައް ނަރީޝްއާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ މިއަދު މާލެ ސިޓީ ކައުންސިލްގައި ބޭއްވި ކައުންސިލްގެ 4 ވަނަ ދައުރުގެ 119 ވަނަ އާންމު ޖަލްސާގައެވެ.

އެޖަލްސާގައި ވާހަކަފުޅުދައްކަވަމުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު، އިންތުހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ 17 ނޮވެމްބަރާއި ހަމަޔަށް ހުންނާނީ މަގާމުގައި ކަމަށާއި، ގާނޫނީ ގޮތުން އެކަން އެގޮތަށް ކުރަންޖެހޭތީ އެކަން ހިނގާނީ އެމަގުން ކަމަށެވެ. ނަމަވެސް ލީގަލް ބޭފުޅުންނާއި އެލްޖީއޭ އާއި އެއްކޮށް ވާހަކަދައްކާ މަޝްވަރާ ކުރެވުނުއިރު، ޑެޕިއުޓީ މޭޔަރާއި މަސައްކައް ހަވާލު ކުރުމަކީ މައްސަލައެއް އޮތް ކަމަށްކަށް ނުވާތީ އެ ޒިންމާ ހަވާލު ކުރީ ކަމަށެވެ.

” އެއީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެންމެ އިންސާފުވެރި ގޮތަކީ. ޓްރާސިޝަން ޕީރިއަޑްގަ ޓްރާންސިން އަށް ވަގުތުދޭން ބޭނުން. 17 ވަނަ ދުވަހަށް ތައްޔާރު ވުމަށް އަޅުގަނޑު ވަގުތު ބޭނުންވޭ” ޑރ. މުއިއްޒު ވިދާޅުވިއެވެ.

17 ވަނަ ދުވަހު ވެރިކަމާއި ހަވާލުވާއިރު، ހަނދަން ޖެހޭ ޕްލޭންތައްވެސް އެބަހުރި ކަމަށާއި، ބޭނުންވަނީ އެޕްލޭންތަކާއި އެއްކޮށް ކުރިއަށް ދިއުން ކަމަށެވެ. އެގޮތުން ޕްލޭން ހެދުމުގެ މަސައްކަތަށް ވަގުތު ހުސްކުރަން ޖެހުމުން ކައުންސިލްގެ ވަގުތުތަކަށް ބުރު އެރާނެ ފަދަ އެއްވެސް ގޮތެއް ބޭނުން ނުވާ ކަމަށެވެ. އެގޮތުން މާލޭ ސިޓީގެ ރައްޔިތުންނަށް ވަގުތު ނުދެވޭ ކަމަށްވެެއްޖިއްޔާ އެއީ މާލޭގެ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތެއްނޫން ކަމަށްވާތީ މި ނިންމުން ނިއްމީ ކަަމަށްވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: