ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީސް އިންތިހާބުގައި ކުޅުދުއްފުއްޓަށް ވާދަނުކުރަން ނިންމިފިން: ނަރީޝް

މާލެ ސިޓީ ގެ ޑެޕިއުޓީ މޭޔަރ ނަރީޝް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ކުޅުދުއްފުށި އުތުރު ދާއިރާއަށް ވާދަނުކުރަން ނިންމާފައިވާ ކަމަށް މާލޭ ސިޓީ މޭޔަރު ކަމާއި ވަގިތީގޮތުން ހަވާލުވެ ހުންނެވި އެ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

23 އޮކްޓޯމްބަރުގައި ނަރީޝް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުން މަޖިލިސް އިންތިހާބުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ވާދަކުރައްވަން އޭނާ ނިންމެވީ އެ ދާއިރާގެ ގިނަ ބައެެއްގެ އެދުުމުގެ މަތިން ކަމަށެވެ. އަދި ދާއިރާގެ ހުރިހާ ރައްޔިތުންގެ ހައްގުގައި ބަސް ބުނާނެ، ދާއިރާގެ ތަރައްގީ އަށް ސަރުކާރާ އެކު މަސައްކަތް ކުރެވޭނެ އަދި ހަގީގީ މާނާގައި ސިޓީއެއްގެ ދަރަޖަ ކުޅުދުއްފުއްޓަށް ހޯދައިދޭން ސަރުކާރާއި ރައްޔިތުންނާ ދޭތެރޭގައި ސާބިތުކަމާ އެކު ހުންނާނެ، ހާދިމަކަށް ވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް މިރޭ ނަރީޝް އޭނާގެ ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީގެ ތެރެއިން ޙިދުމަތެއްކޮށް ރައްޔިތުންގެ ހައްގުގައި މަޖިލީހުގައި ވަކާލާތުކޮށް ސަރުކާރާއި ގުޅިގެން ކުޅުދުއްފުއްޓަށް ތަރައްގީ ހޯދައިދިނުމަށް ވިސްނި ނަމަވެސް ކުޅުދުއްފުށީ ރޫޙު އޮތީ ވަރަށް ބޮޑަށް ވަތަނީކޮށް ކަމަށް ގަބޫލު ކުރެވުނުކަމަށެވެ.

އެހެންކަމުން ރަށުދަރި ރަށަށް އިންތިޚާބުކުރުމުގެ ރޫޙު ކުޅުދުއްފުށީ ރައްޔިތުންގެ ކިބައިން ވަރަށްބޮޑަށް ފާހަގަވި ކަމަށާއި، ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންގެ ވިސްނުމާއި ފިކުރަށް އިޙްތިރާމް ކުރުމުގެ ގޮތުން ކުޅުދުއްފުށީ އުތުރު މަޖިލީސް ޕްރައިމަރީގައި ވާދަނުކުރަން ނިންމާފައިވާ ކަމަށެވެ.

ކުޅުދުއްފުއްޓަށް ވާދަނުކުރަން ނިންމި ނަމަވެސް ކުޅުދުއްފުށީ އުތުރު ދައިރާއަށް ވާދަކުރަން ނިންމުމާއިއެކު ކުޅުދުއްފުށީ އުތުރަށް ނިސްބަތްވާ ގިނަ އަދަދެއްގެ ކަމުވޮށިގެންވާ ބޭފުޅުންނާއި އިސްރަށްވެހިންނާއި ކަނބަލުންނާއި ޒުވާނުން އޮތް ބެހެއްޓެވި ގާތްކަމަށް ޝުކުރު ދަންނަވާ ކަމަށް ޥިދާޅުވިއެވެ.

ވަރަށް ގަދަ
17%ވަރަށް ގަދަ 67%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 17%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: