ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ރައްޔިތުންގެ ތާއީދު ލިބުނީ ސިޓީ ކައުންސިލްގެ މަސައްކަތް ފުރިހަމަވުމުން: މުއިއްޒު

އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ސިޓީ ކައުންސިލްގެ މުވައްޒަފުންނާއި ބައްދަލުކުރެއްވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރުގައި ވެސް މާލެ ސިޓީގެ ރައްޔިތުންގެ ތާއީދު އެމަނިކުފާނަށް ލިބުމުގެ މައިގަނޑު ސަބަބަކީ ސިޓީ ކައުންސިލްގެ މުވައްޒަފުންގެ ބުރަ މަސައްކަތްކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކައިގައި 17 މެއި 2023 ގައި ކައުންސިލްގެ 4 ވަނަ ދައުރުގެ މަސައްކަތް ފެށިއިރު، ކުރި ހުރިހާ މަސައްކަތެއް ހަގީގަތަށް ވުމުގައި ތިއްބެވީ މުވައްޒަފުންކަމަށް ފާހަގަކުރައްވާ، ޑރ. މުއިއްޒު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރުގައި ވެސް މާލެ ސިޓީގެ ރައްޔިތުންގެ ތާއީދު އެމަނިކުފާނަށް ލިބުމުގެ މައިގަނޑު ސަބަބަކީވެސް ސިޓީ ކައުންސިލްގެ މުވައްޒަފުންގެ ބުރަ މަސައްކަތްކަމަށެވެ. އެކަމަކު އެއީ ގިނަ ގޮންޖެހުންތަކާއި އެކު ހާސިލު ކުރެވުނު ކާމިޔާބީއެއްކަމަށް މުއިއްޒު ވިދާޅުވި އެވެ.

ބައެއް މަސައްކަތްތަށް ލަސްވެ، ދިގުލައިގެން ދިޔައީ މުއިއްޒު ވިދާޅުވި ގޮތުގައި ލިބެންޖެހޭ އެއްބާރުލުން ނުލިބުމުގެ ސަބަބަބުންނެވެ. އެހެން ނޫންނަމަ މިހާރު މާލޭގެ މަގުތައް ހެދި، މަލްޓި ސްޓޯރީ ޕާކިން ބިލްޑިންގ އެޅުން ފަދަ ކިތައްމެ ކަމެއް ނިމުނީސްކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެކަންކަން ކުރިއަށް ގޮސްފައި ނުވަނީ އެންމެ ފަހު ހުއްދަ ދޭން ޖެހޭ ބޭފުޅުން، އެ ހުއްދަ ނުދިނުމުގެ ސަބަބުންކަމަށް ވިދާޅުވިއެވެ.

ރައްޔިތުންނަށް ކޮށްދޭ މަސައްކަތްތައް ވާންޖެހޭނީ ތެދުވެރިކަމާއި، އަމާނާތްތެރިކަމާއިއެކު ކުރެވޭ މަސައްކަތްތަކަކަށްކަމަށް ފާހަގަކޮށް، ޑރ މުއިއްޒު ވަނީ މާލޭގެ ރައްޔިތުން އެދޭ ކަންކަން އެމަނިކުފާނުގެ ވެރިކަމެއްގައި ހަގީގަތަކަށް ހަދައިދޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

އެހީތެރިކަން ފޯރު ކޮށްދިނުމަށް މިހުރީ ތައްޔާރަށް. އެކަމުގެ ޔަގީންކަން އަރުވަން.

ރައްޔިތުން ބޭނުންވަނީ ޒިންމާދާރުކަމާއިއެކު ހިދުމަތްދެވޭ ބަޔަކުކަމަށް ފާހަގަކޮށް، ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނު އެކަމަށް ތައްޔާރުކަމަށެވެ. އަދި މިކަންކަން ކުރުމަށް ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާނީ ކަމަށް ގާބިލް ބޭފުޅުންކަމަށާއި، މިކަން ޔަގީން ކުރައްވާނެކަމަށެވެ.

ޑރ. މުއިއްޒު ވިދާޅުވީ ކަންކަން ބާރުމިނުގައި ކުރިއަށް ގެންދެވޭ، ދެ ފުށް ފެންނަ ސަރުކާރެއް ރައްޔިތުންނަށް ފެނިގެންދާނެކަމަށެވެ.

ރައްޔިތުން އިންތިހާބު ކުރާ ކައުންސިލަރުންނަށް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަން ކުރެވޭ ބަޔަކަށްވާނެކަން ކަށަރުކޮށްދެއްވާނެކަމަށްވެސް ޑރ މުއިއްޒު ވިދާޅުވިއެވެ. ކައުންސިލްތަކަށް ދިމާވާ ދަތިތައް ނެތިގެން ދާތަން އެމަނިކުފާނުގެ ވެރިކަމެއްގައި ފެނިގެންދާނެކަމަށް ރައްޔިތުން އިންތިހާބު ކުރާ ކައުންސިލަރުންނަށް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަން ކުރެވޭ ބަޔަކަށްވާނެކަން ކަށަރުކޮށްދެއްވާނެކަމަށްވެސް ޑރ މުއިއްޒު ވިދާޅުވިއެވެ.

ރައްޔިތުން ބޭނުންވާ ގޮތަށް، ދުވަހުން ދުވަހަށް ކައުންސިލްގެ ކަންކަން ހިނގަމުންދޭތޯ، އެކަންކަމުގައި ދޭންޖެހޭ އެހީތެރިކަން ދެވި، އެކަންކަމަށް ފަހި ކޮށްދޭންޖެހޭ ކަންކަން ފަހިކޮށްދެވި، ކަންކަން ބާރު މިނުގައި ކުރިއަށް ގެންދެވޭ ގޮތަށް އިރާދަކުރެއްވިއްޔާ ސަރުކާރުގެ ތެރެއިން އޮންނާނީ ކަންކަން ހަމަޖެހިފަ.

ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެއްވެސް ކަމެއް ފޮރުވުމެއް ނެތި، ރައްޔިތުންނަށް ޖަވާބުދާރީވެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ޑރ. މުއިއްޒު ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ. މާލެ ސިޓިގެ މޭޔަރުކަމަށް ދެން ވަޑައިގަންނަވާ ބޭފުޅަކުވެސް ރައްޔިތުން އެދޭ ގޮތަށް މަސައްކަތްތައް ބައްޓަން ކުރަންވާނެކަމަށް އުއްމީދުކުރައްވާކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޑރ. މުއިއްޒު ވަނީ ސިޓީ ކައުންސިލަށް ހޯދިފައިވާ ބައެއް ކާމިޔާބީތަކާއި، ކޮށްފައިވާ ބައެއް މަސައްކަތްތައް ޑރ މުއިއްޒު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: