ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިޖީއެމްއެޗްއިން ބޭރު ކުންފުނިތަކަށް ނުދައްކާ 5.3 މިލިއަން ޑޮލަރުގެ ބިލްތަކެއް އެބަހުރި: ފިރުޒުލް

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުއްﷲ ހަލީލް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގައި ހާއްސަ ފަރުވާދޭ ސެންޓަރުތަކަށް، ހިދުމަތް ފޯރު ކޮށްދެއްވަމުން ގެންދަވާ ބޭރުގެ އެކިއެކި ހޮސްޕީޓަލްތަކާއި ކުންފުނިތަކަށް އައުޓް ސްޓޭންޑިން ބިލްގެ ގޮތުގައި ނުދައްކާ 5.3 މިލިއަން ޑޮލަރުގެ ބިލްތަކެއް އެބަހުރި ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެެވެ.

ސިލްސިލާކޮށް ކޮންމެ ދުވަހަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފިރުޒުލް ވިދާޅުވީ، އައުޓް ސްޓޭންޑިންގެ ބިލްތަކުގެ ގޮތުގައި ހުންނެވީ ހިތުގެ ބަލީގެ ސެންޓަރާއި އަދި އެހެނިހެން ސެންޓަރުތަކަށް ފޯރުކޮށްދޭންޖެހޭ އެކި ކަހަލަ ސާމާނުތަކަށް ބޭނުންވާ ބިލްތައް ކަމަށެެވެ.

ފިޒުލް ފާހަގަކުރެއްވި ހިތުގެ ފަރުވާއަށް ބޭނުންކުރެވޭ ސްޓަންޓާއި، ބެލޫންއާއި، އެންޖެއު ގްރާމް ހެދުމަށް ބޭނުންކުރާ ސާމާނުވެސް ހިމެނޭ ކަމަށެވެ. އެހެމްކަމުން މިފަދަ ބިލްތަކެއް މި ގޮތަށް ހުރުމުގެ ސަބަބުން މި ހިދުމަތް ހުއްޓި ދިއުމަކީ ކަންބޮޑުވާވަރުގެ ކަމެއް ކަމަށެވެ.

މައިގަނޑު ގޮތެއްގައި ހިމެނެނީ އެ ހޮސްޕިޓަލުތަކުން އެކުންފުނިތަކަށް، ފޯރުކޮށްދީފައިވާ ފޯރުކޮށްދެމުންދާ އެކި އެކި ކޮންޒިއުމަބްލްއާ ގުޅޭ ސާމާނާއި ގުޅޭ ބިލް

މީގެ އިތުރުން ފިރުޒުލް ވިދާޅުވީ، މި އަހަރަށް ކަނޑައަޅުއްވާފައިވާ ބަޖެޓްގެ ތެރޭން މި އަހަރުގެ ބާކީ މިއޮތް ދުވަހަށް އައިޖީއެމްއެޗްއަށް ކަނޑައަޅުއްވާފައިވަނީ ހަމައެކަނި މުއައްޒަފުންގެ މުސާރަ އަށް ބޭނުންވާ މިންވަރަށް އެކަނި ކަމަަށެވެ. ކަންމިހެން އޮތުމުން އައިޖީއެމްޗް އިމާރާތުގެ މަރާތާއި، އަދި މެޝިނެރީސްގެ މަރާމާތާއި ގުޅޭ ކަންކަންވެސް ބަޖެޓްގައި ފައިސާ ނެތުމުގެ ސަބަބުން ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ.

ރާއްޖޭގައި ތިބި ބޮޑެތި ހޮސްޕިޓަލް ތައް ބެލެހެއްްޓުން ގެންދަނީ ހެލްތުމިނިސްޓްރީގެދަށުން ނޫން ކަމަށާއި، ބޯޑުތައް ކަނޑައެޅި ވަކި އުސޫލެއްގެ ދަށުން ކަމަށެވެ. އެހެންކަމުން އެއީ ސިއްހީ ވަސީލަތް ރަނގަޅު ކުރުމަށް އޮތް ހައްލެއް ނޫން ކަމަށާއި، އޭގެ ސަބަބުން މައްސަލަތައް އުފެދެން މެދުވެރިވާ ކަމަށެވެ.

ހެލްތު މިނިސްޓްރީގެ ދަށުން ހޮސްޕިޓަލުތައް ބެލެހެއްްޓުމަށް ވަކިމިންގަޑެއް ކަނޑައެޅިފައިވަނީ މުޅި ރާއްޖޭގެ ސިއްހީ ނިޒާމްގެ ފެންވަރު އެއް މިނެއްގައި އެއްވަރެއްގައި ހިފެހެއްޓުން ކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: