ހުވާކުރުމުގެ ޖަލްސާއަށް ފޮނުވަމުންދާ ދައުވަތުތަކަށް ބޭރު ގައުމުތަކުން ލިބެމުން ދަނީ ޕޮޒިޓިވް ޖަވާބުތަކެއް ލިބެމުންދާކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެ އެވެ.
ޑރ މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ހުވާ ކުރެއްވުމަށް ހަމަޖެހިފައިވަނީމި ހިނގާ ނޮވެމްބަރ މަހު 17 ވަނަ ދުވަހުއެވެ.
ޖުމްހޫރީ މައިދާނުގައި ހުވާކުރުމުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިހާރު މަޖިލީހުގެ އިދާރާއިން ދަނީ މިކަމަށް ވާން ޖެހޭ ތައްޔާރީތައްވަމުންނެވެ. މި ޖަލްސާއަށް އަވަށްޓެރި ހުރިހާ ގައުމުތަކަށާއި ރާއްޖެއާ ހާއްސަ ގާތް ގުޅުން ބާއްވާ ހުރިހާ ގަައުމުތަކާއި އަދި ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމިއްޔާތަކަށް ދައުވަތު ދީފައިވާކަމަށް މީގެ ކުރިން އިންތިހާބީ ރައީސްގެ އޮފީހުން ވަނީ ބުނެފައެވެ.
ޖުމްލަ 3500 މީހުންނަށް ބައިވެރިވެވޭ މި ޖަލްސާއަށް ގައުމުތަކުގެ އިސްވެރިންގެ ނުވަތަ ވަފްދުގެ ދަތުރުފަތުރުގެ ކަންކަން އާންމުކޮށް ކަށަވަރުވުމާއިއެކު އެ މައުލޫމާތު ހިއްސާ ކުރައްވާނެކަމަށް ފިރުޒުލް ވިދާޅުވިއެވެ.

