ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްރާއީލުން އުޅެނީ ނާޒީން އުޅުނުގޮތަށް: ޕުޓިން

ޕުޓިން : ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއީލުން ޢައްޒާގައި ތިބި ފަލަސްތީނުގެ ރައްޔިތުންނާއިމެދު އަމަލުކުރަމުންދާގޮތް ގަރުމަނުގެ ހިޓުލަރުގެ ނާޒީންނާއި އެއްގޮތްކަމަށް ފާހަގަކޮށް ރަޝިއާގެ ރައީސް ވްލެޑިމިއަރ ޕުޓިން ނުރުހުން ފާޅުކޮށްފިއެވެ.

މެދުއިރުމަތީގެ ހަނގުރާމަވެރި ޖަމާއަތެއްކަމަށްވާ ހަމާސް ޖަމާއަތާއި އިސްރާއީލުގެ އަސްކަރިއްޔާ ދެމެދު ހަމަލާތައް ބަދަލުކުރެވެމުންދާއިރު އިސްރާއީލުންވަނީ ޣައްޒާގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް އެ ސަރަހައްދު ދޫކުރުމަށް އަންގާފައެވެ. އަދި މަޖުބޫރުކުރުމުގެ ގޮތުން ކަރަންޓާއި ފެން އަދި ހަކަތައް ނުލިބޭނެހެން އިސްރާއީލުންވަނީ އެ ސަރަހައްދު އެ ގައުމުގެ އަސްކަރީ ބާރުގެ ދަށަށް ގެނެސްފައެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން ޕުޓިންވަނީ އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާއި ހިޓުލަރުގެ ސިފައިން ރަޝިއާއަށް ދިން ހަމަލާއާއި އެއްފަދަ ކޮށްފައެވެ. އަދި އެކަން ހުއްޓާލުމަށް ގޮވާލާކަމަށާއި ބިންމަތީ ހަރަކާތްތެރިވާ ސިފައިން ބޭނުންކޮށްގެން ހަމަލާއެއް ދިނުމަށް މަސައްކަތްތަކެއް ކޮށްފިނަމަ ބޮޑެތި ގެއްލުންތައް ލިބިގެންދާނެކަމަށްވެސް ބުނެފައިވެއެވެ. އަދި ހަމާސްއިން ދީފައިވާ ހަމަލާވެސް ކުށްވެރިކޮށްފައިވާއިރު، އިސްރާއީލުންވެސް އަމަލުކުރަމުންދަނީ އަނިޔާވެރިކަމާއިއެކުކަަމަށް ސިފަކޮށްފައިވާކަމަށް މީޑިއާތަކުން ބުނެއެވެ.

ކިރްގިސްތާނުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި ޕުޓިން ހިއްސާކޮށްފައިވާގޮތުން ހިނގަމުންދަނީ ބަލައިނުގަނެވޭނެ ކަންކަމެވެ. އަދި އެ ސަރަހައްދުގައި ދެ މިލިއަން މީހުން އުޅޭ އިރު އެންމެން ހަމާސްއަށް ތާއީދުނުކުރާކަމަށާއި އެހެންނަމަވެސް އެންމެނަށްވެސް ދަތިތައް ކުރިމަތިވެފައިވާކަމަށް ބުނެފައިވެއެވެ. ޕުޓިންވަނީ ކުޑަކުދިންނާއި އަންހެނުންނަށްވެސް ނުރައްކާތައް ކުރިމަތިވެފައިވާކަމަށް ފާހަގަކޮށްފައިކަމަށާއި އެ ކަންކަމާއި ދެބަސްނުވެވޭނެކަމަށް ވިދާޅުވިކަމަށް ރިޕޯޓުތަކުގައިވެއެވެ.

މީޑިއާތަކުން ބުނާގޮތުން އިސްރާއީލުން ފަލަސްތީނާއިމެދު އަމަލުކުރާ ގޮތާއި ނާޒީއިން އެ ގައުމުގައި އަމަލުކުރި ގޮތާއި އެއްގޮތް ކުރުމަކީ އިސްރާއީލުގައި ނުރުހުން އާލާކުރުވާނެކަމެއްކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 17%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: