ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަނޑިޔާރު މަހާޒް ކީރިތި ގުރުއާނުގެ ހުލާސާ ތަފްސީރު ފޮތެއް ލިޔުއްވައި، ނެރުއްވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ "ކީރިތި ޤުރުއާނުގެ ޚުލާޞާ ތަފްސީރު".
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ކީރިތި ގުރުއާނުގެ ހުލާސާ ތަފްސީރު ފޮތެއް ލިޔުއްވައިފިއެވެ.

މިހާރު މި ފޮތް ނެރުއްވާފައިވާއިރު، މަހާޒް ވިދާޅުވި ގޮތުގައި މި މަސައްކަތް ފެށުނީ، 2015 ވަނަ އަހަރު އޭނާގެ ކޮއްކޮ ނިހާޒު ނެރުނު “ގުރުއާން އެމްވީ” މޮބައިލް އެޕްލިކޭޝަނެއްގެ ސަބަބުންނެވެ. އެ އެޕްލިކޭޝަނަކީ ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ ޢާންމުންނާ ހަމައަށް ގެނެސްދިނުމަށް ތައްޔާރު ކުރި އެޕްލިކޭޝަނެއްކަން ފާހަގަކޮށްފައިވެއެވެ.

އެންމެ ފުރަތަމަ މި ތަފްސީރު ލިޔަން ފެށީ 2016 ނޮވެމްބަރ 05 ވަނަ ދުވަހުގެރޭ އޭ.ޑީ.ކޭ ހޮސްޕިޓަލުގައި އިންނަވައިގެން ކަމަށް މަހާޒް ވިދާޅުވިއެވެ. ފުރަތަމަ ލިޔަން ފެށީ ސޫރަތުއް ނަބައުގެ ތަފްސީރުކަމަށާއި، އެ ފެށުނު ގޮތަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި 28 ވަނަ ފޮތާއި، 29 ވަނަ ފޮތާއި 30 ވަނަ ފޮތް ލިޔެ ނިމުނެވެ. ދެން ފެށީ ކީރިތި ޤުރުއާނުގެ ކުރީ ކޮޅުންނެވެ. ކީރިތި ﷲ ގެ ތަނަވަސް ރަޙުމަތާއެކު، އެންމެ ފުރަތަމަ ފަސްފޮތް (ފުރަތަމަ ވޮލިއުމް) ނުކުންނައިރު، 10 ވަނަ ފޮތާ ހަމައަށް، (ދެވަނަ ވޮލިއުމް) މިހާރު ވަނީ އިސްލާމިކް މިނިސްޓްރީން ފާސްކޮށް ދެއްވާފައެވެ. އަދި ތިންވަނަ ވޮލިއުމް ލިޔުމުގެ 95 އިންސައްތަ ވަނީ ނިމިފައިކަމަށް މަހާޒް ވިދާޅުވިއެވެ. =މުޅި ގުރުއާން ބަހާލާފައި ވަނީ ހަ ވޮލިއުމަކަށެވެ.

މަހާޒް ވިދާޅުވި ގޮތުގައި މި ފޮތް ލިޔުއްވާފައިވަނީ ކޮންމެ އާޔަތެއް ވެސް، އެ އާޔަތުގެ ތަފްސީރު ކުރުކޮށް ދިވެހިން ބުނެދެވޭނެ ގޮތް ވިސްނައިގެން އެކަމަށް ސަމާލުކަން ދީގެނެނެވެ. އެގޮތުން މި ފޮތުގައި ދީނީ މުސްކުޅި ބަހުރުވަ ދޫކޮށް، ސާފުކޮށް ތިލަ އިބާރާތް ބޭނުން ކޮށްފައިވާ ކަމަށް މަހާޒް ވިދާޅުވިއެވެ. ލިޔުމުގައި ދެތިން ތަންކޮޅެއްގައި ނޫނީ މުޅިން ވެސް ބޭނުން ކުރެއްވީ ތާނަ އަކުރުކަން ފާހަގަކުރައްވާ މަހާޒް ވިދާޅުވީ އަރަބި ލަފުޒުތައް ލިޔުއްވީ ތިކިޖެހި ތާނައިން ކަމަށެވެ. މިއީ ޓެކްނޮލޮޖީގެ ވަސީލަތްތަކުގައި ތަފްސީރު ބޭނުންކުރުމުގެ ފަސޭހަ އާއި ދިވެހިބަހަށް އިސްކަން ދިނުމުގެގޮތުން ކަމަށް މަހާޒް ވިދާޅުވިއެވެ.

މި މަސައްކަތުގައި އަޅުގަނޑަށް އެހީތެރިވެ ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރަން. ވަކިން ޚާއްޞަކޮށް މި ފޮތުގެ ދިވެހި ޢިބާރާތްތައް ކިޔައި ކުށް ފިލުވުމުގައި އެހީތެރި ވެދެއްވި، ނިޢުމަތުﷲ އިދްރީސް އާއި، ތަފްސީރު އެއްކޮށް ކިޔައި، ފޮތް ފާސްކުރުމަށް ބޭނުންވާ ކަަންކަން ފުރިހަމަކޮށް ދެއްވި އައްޝައިޚް އަޙްމަދު މުޢާޛު މަންޞޫރުގެ ނަން ފާހަގަ ކުރަން.

މަހާޒް ވިދާޅުވިއެވެ.

މަހާޒް ވަނީ މި ފޮތް ލިޔުއްވުމުގައި އެހީތެރިވީ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މިފޮތް މިވަގުތު ނޮވެލްޓީ ބުކްޝޮޕުން 390/- އަށް ލިބެން އެބަހުއްޓެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: