ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރަޕްޝަން ހިމެނޭކަމަށް ތުހުމަތުކުރެވޭތީ، ފެނަކައިގެ ތެޔޮ ޓޭންކުތައް އާކުރުން ހުއްޓުވައިފި

ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހްމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކަ ކޯޕަރޭޝަނުން ބޭނުންކުރާ ތެޔޮ ޓޭންކުތަކަށް ބޭނުންވާ ތަކެތި ގެނައުމުގައި ކޮރަޕްޝަން ހިމެނޭކަމަށް ތުހުމަތުކުރެވޭތީ، އެކަމާ ގުޅޭ އެންމެހައި މުއާމަލާތުތައް ހުއްޓާލަން އަންގައިފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މި މައްސަލަ ހުށައަޅާފައިވާއިރު، ފެނަކަ ކޯޕަރޭޝަނުން ރޭ ބުނިގޮތުގައި، ބައެއް ރަށްރަށުގައި ތެޔޮ ރައްކާ ކުރާ ޓޭންކުތައް އާކުރުމަށް ބޭނުންވާ ސާމާނު ގެނައުމުގެ މަސައްކަތްތައް އޭސީސީން ވަނީ ހުއްޓާލައިފައެވެ.

ފެނަކައަށް ކޮރަޕްޝަނާއި ގުޅޭ ގިނަ ތުހުމަތުތަކެއް އަމާޒުވަމުން އަންނައިރު، ފެނަކައިން ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުން އަވަސްކުރުމަށް ގޮވާލާ މަޖިލީހަށް ގަރާރެއްވެސް ވަނީ ހުށައަޅާފައެވެ.

ފެނަކައިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި އާއްމު ފަރުދުންގެ ވިޔަފާރިތައް ހިމެނޭހެން މުއާމަލާތްތައް ހިންގުމަށްފަހު 2.8 ބިލިއަނަށްވުރެ ގިނަ ފައިސާ ނުދީ ދަރާފައިވާކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށައެޅުއްވި މި ގަރާރުގައިވެއެވެ.

ފެނަކައިން ކުންފުނިތަކަށް ފައިސާ ދައްކާފައިނުވާތީ ބައެއް ކުންފުނި ބަނގުރޫޓްވެ ކުލި ނުދެއްކި މުވައްޒަފުންގެ މުސާރަ ނުދެއްކިފައިވާކަމަށް މި ގަރާރުގެ ބަހުސްގެ ފުރުސަތުގައި މެންބަރުން ފާހަގަކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: