ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަލަސްތީން މިނިވަން ވަންދެން ރާއްޖެ ފަލަސްތީނާއެކު ވާނެ: ޑރ ޝަހީމް

ޑރ ޝަހީމް އަދި ރައީސް ވަހީދު ފަލަސްތީނުގެ ރައީސް މަހްމޫދާއިއެކު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ފަލަސްތީނުގައި ފުރިހަމަ މިނިވަންކަން ގާއިމުވުމާއިޖެހެންދެންވެސް ރާއްޖެއިން އެ ގައުމާއިއެކު ދެގޮތެއް ނުވެ ވާނެކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މެދު އިރުމަތީގެ ހަނގުރާމަވެރި ޖަމާއަތެއްކަމަށްވާ ހަމާސް ޖަމާއަތާއި އިސްރާއީލު ދެމެދު ކުރެވެމުންދާ ހަނގުރާމައިގެ ތެރެއިން އިސްރާއީލުން ފަލަސްތީނުގެ މައުސޫމު ރައްޔިތުންނާއިމެދު ލާއިންސާނީ އަމަލުތައް ހިންގަމުންދާއިރު، ޑރ ޝަހީމްވަނީ އެމަނިކުފާނުގެ އެކްސް އެކައުންޓުގައި އަރަބި ބަހުން ޕޯސްޓެއް ކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ، ފަލަސްތީނާއިއެކު ތިބުމާއި، އެ ގައުމުގެ ރައްޔިތުންނާއި އެއްބައިވަންތަކަން އެންގުމުގެ އިތުރުން އަގްސާގެ ދިފާއުގައި ހަރަކާތްތެރިވުމާއި ފަލަސްތީނުގެ މިނިވަންކަމުގެ ހައްގުގައި ވަކާލާތުކުރުމަކީ ވޭތުވެދިޔަ ހަތްދިހައެއްހާ އަހަރު ރާއްޖޭގެ ހާރިޖީ ސިޔާސަތާއި ރައްޔިތުންގެވެސް ސިޔާސަތުކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެއިން ވޭތުވެދިޔަ ހަތްދިހަ އަހަރެއްހާ ދުވަހު ފަލަސްތީނާއިއެކު ތިބެފައިވާގޮށް އެ ގައުމުގެ މިނިވަންވުމާއިޖެހެންދެންވެސް ވާނެކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން އެމަނިކުފާނުވަނީ ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރް އަރަފާތު ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ރާއްޖެއަށް ކުރެއްވި ޒިޔާރަތާއި ޑރ ވަހީދުގެ ވެރިކަމުގެ ދުވަސްވަރު ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްވެސް ރާއްޖެ ވަޑައިގެންނެވިކަން ހިއްސާކުރައްވާފައެވެ. ޑރ ޝަހީމް ވިދާޅުވީ، މަހުމޫދަކީ ރާއްޖޭގެ ގާތް މެހެމާނެއްކަމަށެވެ.

ވަރަށް ގަދަ
60%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 40%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: