ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްރާއީލުން ޣައްޒާގެ ރައްޔިތުން ޓެރަރިސްޓުންކަމަށް ކަނޑައަޅަނީ!

އިސްރާއީލުގެ ބޮމުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ސަރަހައްދަކަށް ބޮޑެތި ގެއްލުން ލިބިފައި: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޣައްޒާގައި ތިބި ފަލަސްތީނުގެ ރައްޔިތުން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާނެކަމަށް އިސްރާއީލުން ބުނެފިއެވެ.

ހަމާސް އާއި ދެމެދު ފެށިފައިވާ ހަމަލާ ބަދަލުކުރުންތަކުގެ ތެރެއިން އިސްރާއީލުންދަނީ ޣައްޒާގައި ތިބި ޕަލަސްތީނުގެ ރައްޔިތުންނަށް  އެ ސަރަހައްދު ދޫކޮށް ދިއުމަށް މަޖުބޫރުކުރުމަށް ހަމަލާތައް ދެމުންނެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވާގޮތުން، ޣައްޒާގައި ތިބި މީހުން އެ ސަރަހައްދު ދޫކޮށް ނުގޮސްފި ހާލަތެއްގައި ޓެރަރިސްޓު ޖަމާއަތަކާއި ގުޅުންހުރި ބައެއްގެ ގޮތުގައި ކަނޑައަޅާނެކަން ވަނީ އަންގާފައެވެ.

މީޑިއާތަކުން ބުނާގޮތުން، އިސްރާއީލުން ޣައްޒާގެ ރައްޔިތުންނަށް އެންގީ ޑްރޯން މެދުވެރިކޮށް ލީފްލެޓުގައި ލިޔެ ފޮނުވައިގެންނެވެ. އެގޮތުން އެއީ ޣައްޒާގެ ރައްޔިތުންނަށް ދޭ އިންޒާރެއްކަމަށާއި އެ ސަރަހައްދުގައި ތިބުމަކީ އަމިއްލަ ނަފްސު ނުރައްކަލުގެ ތެރެއަށް ހުށައެޅުންކަމަށެވެ. އަދި އެ ސަރަހައްދު ދޫކޮށްފައިނުދާ ކޮންމެ މީހަކީވެސް ޓެރަރިސްޓެއްކަމަށް ބެލެވޭނެކަމަށް ބުނެފައިވެއެވެ.

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާނެކަމުގެ އިންޒާރު ދީފައިވާއިރު، ދުނިޔޭގެ ބައެއް ޖަމިއްޔާތަކާއި ގައުމުތަކުންވަނީ އިސްރާއީލުން މި ހަމަލާބަދަލުކުރުންތަކުގެ ތެރޭގައި ބޮޑެތި ޖަރީމާތައް ހިންގާފައިވާކަމަށް ބުނެފައެވެ. އަދި ބޮން އަޅަމުންދާ ދިއުމާއި ސަރަހައްދު ހުސްކުރުމަށް އެންގި އެންގުމަކީވެސް ގާނޫނާއި ހިލާފުކަމެއްކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: