ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިނަރެސް ފްލެޓްތަކަށް ދިގު މުއްދަތަށް ބަހާލައިގެން ފައިސާދެއްކުމަށް އޮންނަ އިންޓްރެސްޓް ރޭޓް ކުޑަކޮށްފި

ވިނަރެސް ފްލެޓު.
ޝެއާރކޮށްލާ ކަހަލަދޯ؟

ދިގު މުއްދަތަކަށް ބަހާލައިގެން ވިނަރެސް ފްލެޓްތަކަށް ކުލިދައްކާ ފަރާތްތަކަށް ކަނޑައެޅިފައިވާ އިންޓަރެސްޓް ރޭޓް 9% އިން 6% އަށް ކުޑަ ކޮށްފިއެވެ.

މީގެ ސަބަބުން ދިގު މުއްދަތަކަށް ބަހާލައިގެން ކުލި ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމުގައި ލުއި ވެގެންދާނެކަން އަރބަންކޯއިން ފާހަގަކުރެއެވެ.

މި ބަދަލު ގެނެވިފައިވަނީ ހަމައެކަނި ދިގު މުއްދަތައް ބަހާލައިގެން ފައިސާދައްކާ ފަރާތްތަކަށް އެކަންޏެވެ.

މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް އަރބަންކޯ އިން އިސްނަގައިގެން ގިނަ މަސައްކަތްތަކެއް މިހާރުވެސް ދަނީ ކުރަމުންކަން އެ ކުންފުނިން ފާހަގަކުރެއެވެ.

މިގޮތުން ހުޅުމާލޭގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އަރބަންކޯ އިން ހިންގާފައިވާ މި ވިނަރެސް މަޝްރޫއުގައި މިހާތަނަށް 288 ފަރާތަކާ އެކު އެގްރީމެންޓްގައި ވަނީ ސޮއި ކުރެވިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: