ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ ހަރަދު ކުޑަކުރަން، ހުރިހާ އިންތިހާބެއް ބާއްވަން ޖެހެނީ އެއްކޮށް: ހަސަންޓޭ

ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ހަރަދު ކުޑަކޮށް އިންތިހާބުތަކަށް ހިނގާ ހަރަދު ކުޑަކުރަން ބޭނުންނަމަ ރިޔާސީ އިންތިހާބާއިއެކު ރައްޔިތުންގެ މަޖިިލިސް އިންތިހާބާއި ކައުންސިލް އިންތިހާބުވެސް އެއްކޮށް ބޭއްވޭނެ ގޮތް ހަދާދޭންވީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު، ޙަސަން މުޙައްމަދު (ހަސަންޓޭ) ވިދާޅުވެއްޖެ އެވެ.

އިންތިހާބުތަކަށް ސަރުކާރުން ނުފޫޒާއި، ބާރު ފޯރުވަމުން ދާތީ އިންތިހާބުތައް އިންސާފުވެރިކޮށް މިނިވަންކުރުމަށް ވެފައިވާ ވައުދާއި އެއްގޮތަށް ކަންކަން ތަންފީޒު ކުރުމަށް ހުށައަޅާފައިވާ ގަރާރަށް  ހަސަން ވިދާޅުވީ ގާނޫނާއި އެއްގޮތަށް މަޖްލިސް ހިންގުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މައްޗަށް އޮތް ކަމަށް ހަމައެކެނިދެކި އެކަންތައް ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ވަލިއްޔުލް އަމްރުގެ ބޮލުގައި އެޅުވުމަކީ ރަނގަޅު ކަމެއްނޫން ކަމަށެވެ.

މެމްބަރު ވިދާޅުވީ އަބަދުވެސް ދައްކަނީ ހަރަދުބޮޑުވާ ވާހަކަކަމަށާއި، ހަރަދު ބޮޑުވަނީ ކީއްވެތޯ އެއްވެސް ވަރަކަށް ނުބެލޭ ކަމަށެވެ. ރައްޔިތުން ތިބި ހާލަތާއި ރައްޔިތުން އެދޭ ގޮތްވެސް ބަލަންޖެހޭ ކަމަށެވެ.

މިގޮތުން ރިޔާސީ އިންތިހާބާއި، މަޖިލިސް އިންތިހާބާއި، ކައުންސިލް އިންތިހާބު ގާނޫނު އަސާސީއަށް ހުށައަޅާފައިތިމީހުން ތިން އިންތިހާބު އެއްކޮށް ބޭއްވޭނެ ގޮތަކަށް ގާނޫނު އަސާސީގައި މިހާރުވެސް ލިއުއްވާލައްވަންވީީ ކަމަށެވެ. އޭރުން ހަރަދު  ކުޑަކުރެވޭނެ ކަމަށާއި، ކޮންމެ ހަތަރުމަހަކުން ކޮންމެ ހަތަރުމަހަކުން ތިންމަހަކުން 400 މިލިއަން 500 މިލިއަން ނުވަތަ 200 މިލިއަން ހަރަދު ކުރާކަށް ނުޖެހޭނެ ކަމަށެވެ. އޭރުން ފެންނާނީ ހަރަދު ކުޑަކުރެވޭ ތަން ކަމަށްވެސް ހަސަން ވިދާޅުވިއެވެ.

އިންތިހާބުތަކާއި ގުޅިގެން ދައުލަތުން ބޮޑު ހަރަދުތަކެއް ހިނގާތީ އެކަމާއި ގުޅޭގޮތުން މަޖިލީޙުގައި މީގެ ކުރިންވަނީ ބަހުސް ކުރެވިފައެވެ. ނަމަވެސް މިއިން ކޮންމެ އިންތިހާބަކީވެސް ވަކިން އޮންނަ އިންތިހާބުތައް ކަމަށްވާތީ އިންތިހާބުތައް ބާއްވަނީ ވަކިންނެވެ. އެއީ ގާނޫނުގެ ތެރެއިން އެކަން އޮންނަ ގޮތްވެސްމެވެ.

ވަރަށް ގަދަ
71%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 14%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: