ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުވާކުރުމުގެ ރަސްމިއްޔާތަށް ހުރަސް އަޅަން އުޅެނީ ކޮންބައެއްކަން ސާފު: ނިހާދު

ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު (ކ) ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ހުރަސްއެޅުމަށް މަސައްކަތްކުރަމުންދަނީ ކޮންބައެއްކަން ސާފުކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ފާޑުވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އާދިއްތަ ދުވަހަށް ކަނޑައެޅިފައިވާއިރު އެ ވޯޓު ނުނަގާ ނަމަ އެމްޑީޕީއިން ރައީސް މުއިއްޒުއަށް ހުރަސްތަކެއް ކުރިމަތިކުރާނެކަމަށް އިންޒާރުތަކެއް ދީފައިވެއެވެ. އަދި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާ ދުވަހު ނައިބުރައީސް އިވާ އަބްދުﷲ އަށް ސިއްހީ ހާލަތުގެ ސަބަބުން ހާޒިރު ނުވެވިދާނެކަމުގެ ފުރުސަތުތައް އޮތްކަމަށް ބުނެ މައުލޫމާތުތައް ފެތުރުމާއިއެކު ނިހާދުވަނީ ޑިމޮކްރެޓްސްއިން ހުވާކުރުމުގެ ރަސްމިއްޔާތަށް ހުރަސްއެޅުމަށް މަސައްކަތްކުރަމުންދާކަމަށް ސިފަކޮށްފައެވެ.

އޭނާ ވިދާޅުވީ، އެކަން ކުރަން އުޅެނީ ކޮން ބައެއްކަން ސާފުކަމަށާއި ގާނޫނާއި ގަވައިދާއި ގައުމު ފުނޑާލައިގެން ނަމަވެސް މަގާމު ދިފާއުކުރަން ލަދު ނުގަންނަތޯ އޭނާ ސުވާލު ކުރެއްވިއެވެ. ނިހާދު ވިދާޅުވީ، ރައީސް މުހައްމަދު ނަޝީދުގެ ކިބައިން ފެނިގެންދަނީ ޑީމޮކްރެސީގެ ބާނީކަމަށް ދެކުނު މީހެއްގެ ފަރާތުން ފެންނަންޖެހޭ ފަދަ ކަންކަމެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ، ފެންނަ މަންޒަރުންނާއި އަމަލުތަކުން ރައީސް ނަޝީދު ކުރިން އުޅުއްވި އެމަނިކުފާނުގެ ހަގީގަތް އޮޅުއްވާލައިގެންކަން ޔަގީންވާކަމަށެވެ.

އެގޮތުން ކުރިން ދައްކަމުންދިޔައީ ނުބައި މަންޒަރެއްކަން ޔަގީންވާކަމަށާއި ރައީސް ނަޝީދު ކުޅުއްވީ ރައްޔިތުންގެ ސިކުނޑިއާއި ކުޅެވޭ ވަރުގެ ޑްރާމާއެއްކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: