ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުވާކުރުމުގެ ރަސްމިއްޔާތުގެ ސައްހަކަމާއި މެދު ސުވާލު ނުއުފެދޭނެކަން ކަށަވަރުކުރާނަން: އެމްޑީޕީ

ރައީސް ސާލިހު އަދި މޭޔަރު މުއިއްޒު: ފޮޓޯ/ ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު އަދި ރަނިންގްމޭޓު ހުސައިން މުހައްމަދު ލަތީފުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަކީ ސުވާލު އުފެއްދުމުގެ ޖާގައެއް ނެތް ޖަލްސާއެއްކަން ކަށަވަރުކުރާނެކަމަށް އެމްޑީޕީއިން ބުނެފިއެވެ.

އެމްޑީޕީއިން މިއަދު އާންމު ކުރި ބަޔާނެއްގައި އެ ޕާޓީއިން ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލުކުރުމާއިއެކު ފެންމަތިވަމުންދާ ކަންކަމަށް އަލިއަޅުވާފައެވެ. އެގޮތުން މައްސަލަ މަޖިލީހަށް ހުށައެޅި އެޖެންޑާކުރެވިފައިވަނިކޮށް ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދާއި ހިލާފަށް މައްސަލަ ކުރިއަށް ގެންދިޔަ ނުދިނުމަށް ރައީސް ނަޝީދު މަސައްކަތްކުރައްވަމުންދާކަމަށާއި އެެހެންކަމުން އެ އަމަލު އެމްޑީޕީއިން ކުށްވެރިކުރާކަމަށް ބުނެފައިވެއެވެ.

އެ ޕާޓީއިން ބުނެފައިވާގޮތުން މަޖިލީހުގެ ރައީސްކަމުގެ މަގާމަކީ މެމްބަރުންގެ ތާއީދާއި އިތުބާރު ނެތި ހިފެހެއްޓޭނެ މަގާމެއް ނޫނެވެ. އަދި މަގާމުގައި ހުންނަންވާނީ އިތުބާރު ނެތްކަމުގެ ވޯޓަކާއިވެސް ކުރިމަތިލާން ކެރޭ ވަރުގެ މީހެއްކަމަށާއި، އެ މީހަކީ ޑިމޮކްރެޓިކް ހަމަތައް ގަބޫލުކުރާ މީހަކަށް ވާންޖެހޭކަމަށްވެސް ބުނެފައިވެއެވެ.

އެމްޑީޕީއިން ބުނެފައިވާގޮތުން މަޖިލީހުގެ މެމްބަރުންގެ އިތުބާރު ނެތް ރައީސްއަކަށް އެންމެ ރީތި ގޮތަކީ އަމިއްލައަށް އިސްތިއުފާ ދިނުމެވެ. އެހެންނަމަވެސް ރައީސް ނަޝީދުގެ ފާރާތުން ފެނިގެންދަނީ ޑިމޮކްރެސީގެ ހަމަަތަކާއި އެއްކިބާވާ މަންޒަރުކަމަށް ބުނެފައިވެއެވެ.  އެހެންނަމަވެސް ރިޔާސީ އައު ދައުރެއް ފެށުން ކައިރިވެފައިވާކަމަށް ވުމުން ގާނޫނު އާސަސީގެ ބާރު ކަނޑުވާލައި ގަވައިދާއި ހިލާފަށް މަޖިލީސް ކުރިއަށް ގެންދިއުމަށް ފުރުސަތު ނުދޭނެކަމަށް ބުނެފައިވެއެވެ.

އެ ޕާޓީއިން ބުނެފައިވާގޮތުން، ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދުތައް ބައްޓަންކޮށްފައިވަނީ އެއްވެސް މީހަކަށް ގާނޫނު ހެދުމުގެ ބާރު ހިސޯރު ނުކުރެވޭ ގޮތަށެވެ. އަދި ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން އިންތިހާބުކުރާ މަންދޫބުންތަކެއްގެ މައްޗަށް އެކުލެވޭ ދައުލަތުގެ އެއްބާރުކަމަށްވުމުން ގަނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދުގެ މަހްފޫމަކީ މަޖިލީހުގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދެވުންކަމަށާއި އެހެންކަމުން ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާއި ޑިމޮކްރެޓިކް ހަމަތަކާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށް ގެންގޮސް، މެންބަރުންގެ ވޯޓުން މައްސަލަ ނިންމުމަށް ގޮވާލާކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: