ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖީއެސްޓީ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަނޑި އާދީއްތަ ދުވަހު ހަމަވާނެ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

29 އޮކްޓޯބަރ 2023 ވާ އާދީއްތަ ދުވަހަކީ ސެޕްޓެންބަރު އަދި މިއަހަރުގެ ގެ ތިންވަނަ ކުއާޓަރުގެ ޖީއެސްޓީ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

މި ސުންގަޑިއަކީ މީރާގައި ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ހުރިހާ ފަރާތްތަކުން ވެސް ޖީއެސްޓީ ބަޔާން ހުށަހަޅަންޖެހޭ ސުންގަޑިކަމަށް އެ އޮތޯރިޓީން މައުލޫމާތު ދެއެވެ. މި މުއްދަތުގެ ތެރޭގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ހިންގައިފައި ނުވި ނަމަވެސް ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ނަމަ ޖީއެސްޓީ ބަޔާން ހުށަހަޅަންޖެހޭނެ ކަމަށް މީރާއިން ބުނެފައި ވެއެވެ.

ޖީ.އެސް.ޓީ އަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ސުންގަޑިއަށް ބަޔާން ހުށަހަޅާ މިންވަރު އެންމެ ދަށްކޮށް އުޅެނީ އެންމެ ކުދި ވިޔަފާރިތަކުންކަމަށް މީރާއިން ބުނެފައި ވެއެވެ. ތަކުރާރުކޮށް ސުންގަޑިއަށް ޓެކްސް ބަޔާން ހުށަނާޅާނަމަ އެ ފަރާތްތަކުގެ ޓެކުހާގުޅޭ ޖޫރިމަނާ ލުއިކޮށްދިނުމުގެ ފުރުސަތު ކުޑަވާނެކަމުގައި މީރާއިން މައުލޫމާތުދެއެވެ. ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ޖީ.އެސް.ޓީ ބަޔާން ހުށަހަޅާއިރު ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ނަގައިފައިވާ އަދަދުތައް ޓެކްސް ބަޔާނުގައި ހިމަނައި އެ ފައިސާ މީރާއަށް ދައްކަންޖެހޭނެ ކަމަށްވެސް މީރާއިން ބުނެފައިވެއެވެ.

މީގެއިތުރުން މީރާގެ ޚިދުމަތްތަކަކީ ފަސޭހައިން އޮންލައިންކޮށް ލިބޭ ޚިދުމަތްތަކަކަށް ވެފައި، މި ފަހަރުގެ ޖީ.އެސް.ޓީ ބަޔާން ވެސް މީރާގެ އޮންލައިން ޕޯޓަލް ”މީރާ ކަނެކްޓް“ މެދުވެރިކޮށް ހުށަހަޅައި ފައިސާ ދެއްކޭނެ ކަމަށް މީރާއިން މައުލޫމާތުދެއެވެ. އަދި މި މުއްދަތުގެ ތެރޭގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ހިންގައިފައި ނުވާ ފަރާތްތަކުން ”ވާރުޕޭ“ މެދުވެރިކޮށް ޖީ.އެސް.ޓީ ސުން-ބަޔާން ހުށަހެޅޭނެ ކަމަށް އެ އޮތޯރިޓީއިން ބުނެފައިވެއެވެ. ޓެކްސް ބަޔާން ތައްޔާރުކުރުމަށް އަދި ހުށަހެޅުމަށް އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ މީރާއިން އެހީތެރިކަން ހޯއްދެވުމަށް އެ އޮތޯރިޓީއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: